Advertisement

އަލް-ޝީފާ ހޮސްޕިޓަލުގައި ކުޑަ ކުއްޖަކަށް ފަރުވާދެމުން ދަނީ ---

15 Nov 2023
ދުނިޔެ

ހޮސްޕިޓަލުން މަރުވަމުންދާ މީހުން ވަޅުލުމުގެ ހުއްދަ ނުދޭތީ، ގިނަ ހަށިގަނޑުތަކެއް ދަނީ ކުނިވަމުން: ދުވަސް 39

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 39 ވަނަ ދުވަސް، 14 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލް ހިމެނޭ ސަރަޙައްދު ރެއިޑް ކުރާނެކަމުގެ މައުލޫމާތު އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީގެ އޮފިޝަލުންނަށް ދީފައިވާކަމަށް، ޣައްޒާގައި ހުންނަ ފަލަސްތީނުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު، އަޝްރަފް އަލް ޤުދްރާ ބުނެފި.

🔴 އަލް-ޝިފާ ހޮސްޕިޓަލުން، އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ރިޕޯޓްކޮސްފައިވާ ގޮތުގައި، އެތާންގެ ވަށައިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ތިބެ، މެދުކެނޑުމެއްނެތި ހޮސްޕިޓަލް ހިމެނޭ ސަރަހައްދަށް ބޮން އަޅާ އަދި މީހުންނަށް އަމާޒުކޮށް ދަނީ ބަޑި ޖަހަމުން. އޭނާ އެކަން ސިފަކުރެއްވީ، މަރު އޮތީ އެމީހުން ވަށާލާފައިވާކަމަށް ބުނެ.

🔴 އދ. ގެ ތެޔޮ ޓްރަކްތައް ޣައްޒާ ސިޓީއަށް ވަނުމަށް އިސްރާއީލުން ހުއްދަދީފައިވާކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފި. ނަމަވެސް އަދި އިސްރާއީލުންނާއި، އދ. އިންނާއި އަދި ހަމާސްއަކުން ވެސް މިކަމާ ގުޅިގެން ރަސްމީ ބަހެއް ބުނެފައެއް ނުވޭ.

🔴 އަލް-ޝިފާ ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހާފައި ތިބި ކުދިންނަށް ފަރުވާ ނުދެވި އެ ތުއްތު ފުރާނަތައް މަރުވަމުންދާ މަންޒަރު ފެނި، އެ ހޮސްޕިޓަލުގައި ތިބި ބަލި މީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލަމުން އެބަދޭ. ނަމަވެސް ޣައްޒާގެ އޮފިޝަލުން ބުނަނީ، ހަނގުރާމައާ ހެދި އެއްވެސް މީހަކު އެހެން ހޮސްޕިޓަލަށް ބަދަލުކުރުމަކީ ވުން ވަރަށް ނާދިރުކަމެއް ކަމަށް.

🔴 ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކުގެ ހިންގުން  މުޅިން ހުއްޓިފައިވުމުގެ ސަބަބުން، 15 ސިއްޙީ އެހީތެރިއަކު ޣައްޒާއަށް ވަނުމުގެ ހުއްދަ އިސްރާއީލުން ދީފައިވާކަމަށް ރިޕޯޓްތައް ބުނޭ.

🔴 ޣައްޒާގެ އުތުރުގައި ހުންނަ އަލް-ޝަތީ ރެފިއުޖީ ކޭމްޕްގެ ފުރިހަމައަށް ނަގާފައިވާކަމަށް އިސްރާއީލުން ބުނެފި. މިއީ އޮކްޓޯބަރ 7 ގެ ކުރިން 90،000 އަށް ވުރެން ގިނަ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ކޭމްޕެއް. އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮސްފައިވާ ގޮތުގައި މިހާރު އެ ކުރިޔަށްދަނީ އުތުރު ޣައްޒާ އެއްކޮށް ހިފުމުގެ މަސައްކަތް.

🔴 އެމެރިކާއިން އިސްރާއީލަށް ވާގިވެރިވަމުން ދާތީ އެކަމާ ނުރުހުން ފާޅުކުރުމަށް، ވޮޝިންޓަންގެ މަގުތަކަށް އެތައް ހާސް ބަޔަކު ނިކުމެ، ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފި.

🔴 ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގައި މަދު ވެގެން 7 މީހުން މަރުވެފައިވާއިރު، 5 ގެ ވަނީ މުޅިން ބިމާ ހަމަވެފައި.

🔴 އަލް-ޝިފާ ހޮސްޕިޓަލުން ގިނަ ބަޔަކު މަރުވަމުންދާއިރު، މަރުވެފައި ތިބި މީހުންގެ ހަށިގަނޑުތައް ވަޅުލުމުގެ ފުރުސަތެއް އިސްރާއީލުން ނުދޭތީ ގިނަ ހަށިގަނޑުތައް މިހާރު ދަނީ ކުނިވަމުން.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.