Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

21 Nov 2023
ޚަބަރު

ޕީއެންސީއަށް ވަކި އޮފީހެއް ޤާއިމްކޮށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފަށައިފި

ޕީއެންސީއަށް ވަކި އޮފީހެއް ގާއިމުކޮށް ޕާޓީއަށް 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕްރޮގުރެސިވް ކޯލިޝަނަށް ނިސްބަތްވާ ޕީއެންސީގެ މަސައްކަތްތައް މީގެ ކުރިން ކުރަމުންދިޔައީ ހ. ހުރަފާގައި ހުންނަ ޕީޕީއެމްގެ އޮފީހުގައެވެ. ނަމަވެސް ވެރިކަމަށް އައުމަށްފަހު ޕީއެންސީގެ މަސައްކަތްތައް ވަކި އޮފީހަކަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. ޕީއެންސީގެ އޮފީސް ގާއިމުކޮށްފައި ވަނީ ކެމްޕޭނު ދުވަސްވަރު ކާނިވަލުގައި ދިވެހީންގެ ޖަގަހަ ހިންގަމުން އައި ތަނުގައެވެ.

ވަކި އޮފީހެއް ހަދައި މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަނީ ޕީއެންސީއަށް 10،000 މެމްބަރުން ހަމަކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިފެންފައި ވާތީކަމަށް މައުލޫމާތުލިބެއެވެ. އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ 21 އާ ހަމައަށް ޕީއެންސީގައި މެންބަރުންގެ ގޮތުގައި ތިބީ 3,159 މެންބަރުންނެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ޕްރައިމަރީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ޕީއެންސީއާއި ޕީޕީއެމުން ވެެސް ދަނީ ކުރަމުންނެވެ. ވެރިކަމަށް ވަޑައިގެންނެވުމުން ޕީއެންސީ އޭގެ ޒާތުގައި ބޮޑު ޕާޓީއަކަށް ވާނެ ކަމަށް ވެސް ކެމްޕޭނު ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

ޖަލު ހުކުމަށް ލުއި ލިބިވަޑައިގަތުމުން ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އޮފީހަށް ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވަނީ ޕީޕީއެމްގެ އެއްވެސް މެންބަރަކު، ޕީއެންސީއަށް ބަދަލު ވާން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.