Advertisement

ފިނޭންސް މިނިސްޓަރ. ފޮޓޯ: މަޖިލިސް

22 Nov 2023
ޚަބަރު

ކުރީ ސަރުކާރުން ހުށައެޅިއަސް ބަޖެޓުން ވައުދުތައް ފުއްދޭނެ މަގު ވަނީ ފަހިވެފައި: ފިނޭންސް މިނިސްޓަރ

2024 ވަނަ އަހަރުގެ ބަޖެޓަކީ ކުރީ ސަރުކާރުން ހުށަހެޅި ބަޖެޓެއް ނަމަވެސް، އެ ބަޖެޓުގެ ތެރެއިން އާ ސަރުކާރުގެ ވައުދުތައް ފުއްދަން ފަށައިގަނެވޭނެ ކަމަށް މުއިއްޒު ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

މިނިސްޓަރ ޑރ. ޝަފީގު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 458 މަޝްރޫއުއަކަށް 1.5 ބިލިއަން ރުފިޔާ މިހާރުގެ ސަރުކާރުން ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރެއިން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، މިހާރު ކުރިއަށްދާ މަޝްރޫއުތައް ވެސް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކަށް ހޯދައިގެން ކުރިއަށް ދިއުމަށެވެ. ނަމަވެސް، މިއަހަރުގެ ބާކީ ދުވަސްތަކުގައި ކޭޝްފްލޯގެ ތާށިކަން އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރު ކުޑަކުރަންޖެހޭ އިރު ހަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން،" މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރަށް ފާސްކޮށްފައިވަނީ 49.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ، ހަރަދު ކުޑަކުރުމަށް މައިގަނޑު 3 ކަމެއް ބަޖެޓްގައި ހިމަނާފައިވާކަމަށެވެ. އެއީ އިންޑައިރެކްޓް ބައެއް ސަބްސިޑީތައް ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަކުރެވޭގޮތައް ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުރުމާއި، އާސަންދައިގެ ނިޒާމު ހަރުދަނާކޮށް މުރާޖާކުރުމުގެ އިތުރުން ސަރުކާރުގެ ވެލްފެއަރގެ ގޮތުގައި ހަރަދުކުރާގޮތް ހަރުދަނާކުރުމެވެ.

އިޤްތިޞާދު ކުރިއެރުވުމަށް ކުރާނެ ކަންތައްތަކުގެ ތެރޭގައި އަންނަ އަހަރު އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރާނެކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ނިންމުންކަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.