Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

23 Nov 2023
ޚަބަރު

ކޯރަމް ހަމަނުވާތީ މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ނުބޭއްވިފައި

ކޯރަމް ހަމަނުވެގެން މާލޭ ސިޓީ ކައުންސިލްގެ އާންމު ރަސްމީ ޖަލްސާތައް ނުބޭއްވި އެކަމުގެ ކަންބޮޑުވުން އާންމުވެއްޖެއެވެ. 

މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހް 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޯރަމް ހަމަނުވެގެން މިދިޔަ ދެ ހަފްތާގައި ވެސް ޖަލްސާ ކެންސަލްކޮށްފައިވާކަމަށެވެ. ސައިފް ވިދާޅުވީ، ސިޓީ ކައުންސިލްގެ މަސައްކަތްތައް ހިންގޭނެ ގޮތަކަށް "ވެރިކަން ކުރާ ކޯލިޝަނުން ކައުންސިލަރުންގެ މައްޗަށް ބާރު އެޅުން ކޮންމެހެން ބޭނުންތެރި" ކަމަށެވެ.

މާލެ ފަދަ މީހުން ގިނަ ތަނެއްގެ ހުރިހާ މަސައްކަތްތައް ހުއްޓާލައިގެން ތިބެގެން، ކަންތައްތައް ފުނިޖެހެމުން ދިޔުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލުގައި ތިއްބެވި ބައެއް ބޭފުޅުން އާ ސަރުކާރުގެ އެކިއެކި މަގާމުތަކަށް އައްޔަންކޮށްފައިވާތީ، ސިޓީ ކައުންސިލްގެ ޖުމްލަ 4 ގޮނޑި މިހާރު ވަނީ ހުސްވެފައެވެ. އެއީ

* މޭޔަރު ޑރ. މުހައްމަދު މުއިއްޒު - މިހާރުގެ ރައީސުލްޖުމްހޫރިއްޔާ

* މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް - ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަންކޮށްފައި

* މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ޢަބްދުﷲ ނާސިރު - ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަންކޮށްފައި

* ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް - ރައީސްގެ ރަސްމީ ގޭގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައި

ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު މިހާރު މޭޔަރުގެ ޒިންމާތައް ވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލުކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.