Advertisement

21 Nov 2023
ޚަބަރު

ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބިލެއް ހުށައަޅައިފި

ވަޒީފާ ގެއްލޭ ފަރާތްތަކަށް އައު ވަޒީފާއެއް ހޯދުމަށް ހޭދަވާ މުއްދަތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޝުއަރަންސް ސްކީމެއް ތަޢާރަފްކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ. މި ބިލު ހުށައަޅާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ދީދީއެވެ.

"ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ބިލު"ގެ ފުރަތަމަ ކިޔުން ވަނީ މަޖިލީހަށް އިއްވާފައެވެ. މި ބިލުގައި އަން-އެމްޕްލޯއިމެންޓް އިންޝުއަރެންސް ފަންޑެއް އުފައްދައި، ފަންޑު ހިންގުމާއި ފަންޑުން އިންވެސްޓުމެންޓް ދޭނެ ގޮތް ބަޔާންކުރެއެވެ. އެ ފަންޑު ބަލަހައްޓާނީ މޯލްޑިވްސް ފެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ.

މި ބިލުގައި ބަޔާންކުރާގޮތުން ވަޒީފާ ނެތް ހާލަތުގައި ދޭ އެހީގެ ގޮތުގައި "ޖޮބް ސާރޗް" އެލަވަންސެއް ދޭން ޖެހެއެވެ. އެގޮތުން "ޖޮބު ސަރޗް" އެލަވެންސް ދޭނީ ވަޒީފާ ގެއްލުނުއިރު ލިބެމުން ދިޔަ ޕެންޝަނަށް ބަލައި، މުސާރައިގެ %70އެވެ. މިގޮތުން އެންމެ ކުޑަ އަދަދަކަށް 3،000 ރުފިޔާ އަދި އެންމެ ބޮޑު ޢަދަދަކަށް 10،000 ރުފިޔާ ދިނުމަށް ބިލުގައި ހިމަނާފައިވެއެވެ. ބިލުގައި ބުނާގޮތުގައި އަމިއްލައަށް ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ވަކިކުރާ ފަރާތްތަކާއި، ނާގާބިލްކަމުގެ ސަބަބުން ވަކިކުރާ ފަރާތްތަކުގެ އިތުރުން ރިޓަޔަރވާ ފަރާތްތަކަށް އެ އެލަވެންސް ނުލިބޭނެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ރާއްޖޭގައި ވަޒީފާ އަދާ ކުރާ ޕަބްލިކް އަދި ޕްރައިވެޓު ސެކްޓަރ ހިމެނޭހެން، ހުރިހާ މުވައްޒަފުން މި ސްކީމްގައި ރަޖިސްޓްރީ ކުރުން ލާޒިމްވާނެއެވެ. އަދި ފަންޑުން އެހީ ލިބޭނީ ދައުލަތުގެ ވަޒީފާއެއްގައި ތިން މަސް ވެފައިވާ އަދި އެހެނިހެން ވަޒީފާތަކުގައި ހަ މަސް ދުވަސް ވެފައިވާ މުވައްޒަފުންނަށްކަމަށާއި، ކޮންމެ މުވައްޒަފަކުވެސް ވަޒީފާ އަދާކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ސްކީމްގައި ރަޖިސްޓަރ ކުރަން ޖެހޭނެކަމަށް ބިލުގައިވެއެވެ.

ބިލްގައި ބަޔާންކުރާ ގޮތުގައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ދެވޭ އެލަވަންސާއި ބެހޭ އިންޝުއަރެންސް ސްކީމަށް ފައިސާ ނުދައްކާ ވަޒީފާ ދޭ ފަރާތްތަކުންގެ މައްޗަށް އަދަބެއްގެ ގޮތުން ޕެންޝަން އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އަދަދެއްގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.