Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހުގައި ހުވާގެ އިޤުރާރުގައި ސޮއެކުރެއްވުން --

23 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ބަޣާވާތެއް ކުރަން ފުރުޞަތެއް ނުދޭަނަން: ޕީއެންސީ

މި ސަރުކާރު ގެނައީ ވަރަށް ފޮނި އުންމީދާއި އެކު ކަމަށާއި، މި ސަރުކާރުގަ ރެނދު އަޅުވައި ބަޣާވާތް ކުރަން އުޅޭ ފަރާތްތަކަށް އެފުރުޞަތު ނުދޭނެކަމުގައި ޕީއެންސީ އިން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައި ވަނީ، އެޕާޓީގެ ކޯލިޝަން ޕާޓްނަރު ޕީޕިއެމްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ ވެރިކަމުގެ ކޯޅުންގަނޑަކަށް ބަދަލުވެފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓްގައި، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި، ޑރ މުޙައްމަދު މުޢިއްޒަަށް އިންތިޚާބު ކާމިޔާބުވުމަށްފަހުގައި، ޕީޕީއެމްއާ ޕީއެންސީގެ ގުޅުންތައް ވަނީ ގޯސްވެެގެން ގޮސްފައެެވެ. ދެޕާޓީގެ މެދުގައި ކޯޅުންތައް ބޭރަށް ހުޅުފަޅައިގެންދިޔައީ، ޕީއެންސީގެ މެމްބަރޝިޕް ޑްރައިވް އިތުރުކޮށް ޕާޓީ ވަރުގަދަކުރުމުގެ ނަމުގައި، ޕީޕީއެމް އޮފީހުން ނުކުމެ، ޕީއެންސީ ވަކިން އަމިއްލަ އޮފީހެއް ޤާއިމްކުރި ހިސާބުންފެށިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ 7 ދުވަސްވެސް ނުވަނީސް މިހާރު ވަނީ، ރައީސް ޔާމީނާއި ދެބޭފުޅުންގެ މެދުގައި ކޯޅުންތައް ފެށިފައެވެ. އަދި ކުރިން ޕީޕީއެމްގެ ނިވަލުގައި އޮތް ޕީއެންސީން މިހާރު ވަނީ، ޕީޕީއެމްގެ މައްޗަށް ބާރު އިސްކުރަންފަށާފައެވެ.

ސަރުކާރާއި ދެކޮޅަށް ސިޔާސީ ގޮޮތުން ބަޣާވާތެއް ހިންގަން އުޅުނުކަމުގެ މޭރުންވާ ގޮތަށް، ޕީއެންސީން ވާހަކަދައްކާފައި މިވަނީ، ޕީޕީއެމް ހިންގުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން އައު ބޭފުޅުންތަކެއް ކަނޑައަޅުއްވައި އިޢުލާނުކުރައްވާފައި ވަނިކޮށެވެ. އަދި އެކަމަށް މިސަރުކާރުގެ ވަޒީރުންގެ މަޤާމުގައި ތިއްބެވި، ޕީޕީއެމްގެ ނައިބު ރައީސުންވަނީ ހުރަސްއަޅުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.