Advertisement

ގެއްލިގެން ހޯދަމުންދާ، ސ. ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) --- ފޮޓޯ: ޕޮލިސް

24 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

މާލެ އައި 39 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއަށް އައި ފަހުން އާއިލާއަށް ޚަބަރެއް ނުވާތީ، އުމުރުން 39 އަހަރުގެ އަންހެނަކު ހޯދުމުގެ މަސައްކަރް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓްކުރުމާއި ގުޅިގެން ހޯދަމުން ދަނީ، އައްޑޫ ސިޓީއަށް ނިސްބަތްވާ، ސ. ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) ކަމަށެވެ.

ފުލުހުން ބުނީ ވިޝާމާ މިމަހުގެ 16 ވަނަ ދުވަހު މާލެގޮސްފައިވާ ކަމަށާއި، އޭނާގެ ޚަބަރެއް އެންމެފަހުން އާއިލާއަށް ލިބިފައި ވަނީ، މިމަހުގެ 18 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެދުވަހު އޭނާއާ އާއި އާއިލާގެ މީހުންނާ ވާހަކަދެކެވިފައި ވަނީ ފޯނުން ކަމަށާއި، އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވާކަމުގައި އާއިލާއިން ވަނީ ފުލުހުންނަށް މަޢުލޫމާތު ދީފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އާއިޝަތު ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.