Advertisement

ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ---

24 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން އުފައްދަވާ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އާދީއްތަ ދުވަހު ހުށައަޅަނީ

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް އިސްވެ ހުންނަވައި އަލަށް އުފައްދާވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އާދީއްތަ ދުވަހު އިލެކްޝަންސްކޮމިޝަނަށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމުގައި ރައީސް ޔާމީނުގެ ފަރާތް ޕުޅުން އެމަސައްކަތުގައި ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވެއްޖެއެެވެ.

އާޕާޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ އެއްބޭފުޅަކީ، ރައީސް ޔާމީންގެ ދައުރުގައި ޔޫތު މިނިސްޓަރުގެ މަޤާމާއި އަދި ނިމި ދިޔަ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރުގެ މަޤާމު ފުރުއްވާފައިވާ މުޙައްމަދު މަލީހް ޖަމާލެވެ. 

މަލީޙް ވިދާޅުވީ، އައު ޕާޓީގެ އަސާސި ޤަވާއިދުގެ ޑްރާފްޓް ނިމިފައިވާ ކަމަށާއި ލޯގޯ އާއި ނަންވެސް ފާސްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އައު ޕާޓީއަސް ކިޔާ ނަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މީގެ އިތުރުން މަލީހް ވިދާޅުވީ، ޕީޕީއެމް، ޕީއެންސީގައި މިވަގުތު ތިއްބެވި ރައީސް ޔާމީނަށް ތާއީދުކުރައްވާ އެމަނިކުފާނު ދެކެ ނުހަނު ލޯބިވާ މެމްބަރުން އަލަށް އުފައްދާ ޕާޓީއަށް ގުޅިވަޑައިގަންނަވަން އެދި ލައްވަމުން ދާކަމީ އެމަނިކުފާނު ނުހަނު އުފާފުޅުވާކަމެއްކަމަށާއި ހުރިހާ ބޭފުޅުން ޤައުމީ މިމަސައްކަތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފައްދަވާއިރު އެޕާޓީ ވާނީ ރައީސް ޔާމީންގެ އިސްނެންގެވުުމާއި އެކު އުފައްދަވާ 3 ވަނަ ޕާޓީއަށެވެ. އެންމެ ފުރަތަމަ ރައީސް ޔާމީން ބައިވެރިވެވަޑައިގެން އުފެއްދި ސިޔާސީ ޕާޓީއަކީ، ޕީޕަލްސް އެލަޔަންސް (ޕީއޭ) އެވެ. އޭގެ ފަހުން ޕީޕީއެމްގެ މިލްކުވެރިކަމާއި މެދު ރައީސް މައުމޫނާއި ދެމެދު އުފެދުނު މައްސަލަތަކުގައި، ޕީއެންސީ އުފެއްދެވީވެސް ރައީސް ޔާމީންގެ އިސްނެންގެވުމަށެވެ.

ޕީއެންސީއަކީ، ވެރިކަން ކުރާ ޕާޓީ ނަމަވެސް، ރައީސް ޔާމީނަށް މިހާރު ޕީއެންސީގެ އެއްވެސް ބާރެއް ނެތެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.