Advertisement

ޖުމްހޫރީ މައިދާން މިހާރު އޮތް ގޮތް ---

25 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރި ޖުމްހޫރީ މައިދާން ގޮނޑަކަށް ހަދާފައިވާތީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ތައްޔާރު ކުރި ޖުމްހޫރީ މައިދާން ސާފުނުކޮށް އޮތުމުން ސަރުކާރަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ހުވާކުރުމުގެ ދަރުބާރު ބޭއްވިތާ އެއް ހަފްތާ ވީއިރު، އަދިވެސް ޖުމްހޫރީ މައިދާން އޮތީ ސާފު ނުކޮށެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް ހެދި ސްޓޭޖާއި އެހެނިހެން ތަކެތި ރޫޅާފައި އުކާލާފައިވާ ދަނގަޑުތަކާއި ލަކުޑިއާ ފިލާ އަދި އެހެންވެސް ބާވަތްތައް ހުރީ ޖުމްހޫރީ މައިދާނުގެ އެކި ސަރަަހައްދުތަކުގައި ފުނި ޖަހާފައެވެ. 

"އޭމިޔޮށް މައިދާނާއެވެ، ތިބާޔައް ނޭގެނީތޯ 22 މިލިއަން ރުފިޔާ ނަގައިގެން މިތަން ސާފްކުރަންޖެހޭކަމެއް މިހާ ދުވަސް ވާއިރު. އޭމިޔޮށް މައިދާނާއޭ ،ނޭގެނީތޯ މީ ވެރިކަން ކުރާ ރަށުގެ މޫނުމަތިކަން، މިކަމުން ވެސް ތިމާގެ ހުރި ޝަޚްސިއްޔަތުކަން ދައްކުވައިދެނީ." 

އަޙްމަދު ފަޔާޒް (ޕާޕާ)

މީގެ އިތުރުންވެސް ބައެއް ފަރާތްތަކުން ވަނީ، ޖުމްހޫރީ މައިދާން ސާފުނުކޮށް އޮތުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން 23 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެންމެ 2 ގަޑިއެއްހާ އިރަށް ޖުމްހޫރީ މައިދާން ތައްޔާރުކުރަން ކުރި ބޮޑު ހޭދައަށްވެސް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.