Advertisement

އިންޑިއާ ސަފީރު ރާއްޖޭގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރެއްވުން ---

23 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ ސަފީރު ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި ބައްދަލުކުރައްވައިފި

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މުނޫ މުހާވަރު، ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ މިއަދު ފޮރިން މިނިސްޓްރީގައެވެ.

މިބައްދަލުވުމާއި ގުޅޭ ގޮތުން، އިންޑިއާ ސަފީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިޔާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން، އެބައްދަލުވުުމުގައި ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެ މަޝްވަރާތަކާއު ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނުވެސް އަދި އިންޑިއާ އެމްބަސީންވެސް ހާމަކުރައްވާފައެއް ނުވެއެވެ. މީގެ އިތުރުން މިބައްދަލުވުމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިސަރުކާރު ވެރިކަމަށް އައީ، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކިލަނބުވާފަދަ ހަޤީޤަތެއްނެތް އެތައް ވާހަކަތަކެއް ފަތުރައިގެންނެވެ. މިގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރާއިއެކު ޤާއިމްވެ ތިބޭކަމަށް ތުހުމަތުކޮށް، ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލުމަކީ، ސަރުކާރުގެ މައިގަނޑު އެއް ވަޢުދުކަމުގައި ހައްދަވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.