Advertisement

ބުރިޖުގެ މަސައްކަތްތައް ސަރުކާރުގެ އިސްބޭފުޅުން ބައްލަވައިލެއްވުން ---

23 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ގްރޭޓާމާލެ ކަނެކްޓިވިޓީ ބްރިޖްގެ މައްސައްކަތް ނިންމަން ޖެހެނީ 2026އަށް - ސަރުކާރު

ރާއްޖޭގައި ހިންގޭ އުމުރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުަގައިވާ ގްރޭޓާ މާލެ ކަނެކްޓްވިޓޫ ބްރިޖުގެ މަސައްކަތް ނިންމުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚަކީ، 30 ސެޕްޓެމްބަރ 2026 ކަމުގައި ސަރުކާރުން ބުނެފިއެވެ.

ބްރިޖުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާތަަކަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ކުރީ ސަރުކާރުގެ ދައުރުހަމަވުމުގެ އެއްދުވަސް ކުރިން، ބުރިޖުގެ މަސައްކަތުގެ މުއްދަތު އިތުރުކޮށް އެއްބަސްވުން އާކޮށްފައިވާ ކަމަށެވެ. މިގޮތުން އެއްބަސްވުމުގެ މުއްދަތު 2026 ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްދީފައި ވަނީ މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައި ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނޭ ހުރިހާ ވަޒީރު ބޭފުޅުންނާއި އެކު އިއްޔެ ބްރިޖުގެ މަސައްކަތްތައް ހިނގާ ސައިޓްތަކަށް ޒިޔާރަތްކުރައްވާފައެވެ. 

ކުރީ ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓްކަމުގައިވާ، ގުރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ހުސްވި އަހަރުގެ އޮގަސްޓް މަހާއި ހަމައަށް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިޔަށް ގޮސްފައިވާ ކަމުގައިވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ، މާލެ އާއި ވިިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި، މިބްރިޖްތަކާއި ގުޅޭ، މަގުތައް ހެދުމެވެ. މިމަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމްބޭންކުންދޭ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކުރެޑިޓާއި އިންޑިއާ ސަރުކާރުންދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެފްކޮންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.