Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

24 Nov 2023
ޚަބަރު

10 ގެ ދަރިވަރުންގެ 2 ވަނަ ޓާމްގެ ޓެސްޓު ރޯދައިގެ ކުރިން ބާއްވަން އަންގައިފި

ގްރޭޑް 10ގެ ދަރިވަރުންގެ ދެވަނަ ޓާމް ޓެސްޓް ރޯދައިގެ ކުރިން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް އާސިފު ރަޝީދު ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ބުނީ ގްރޭޑް 10ގެ ކުދިންގެ ދެވަނަ ޓާމް ޓެސްޓް، މި އަންނަ ރޯދަމަސް ފެށުމުގެ ކުރިން ބާއްވަން ސްކޫލްތަކުން މިނިސްޓްރީގައި އެދެމުން އަންނަ ކަމަށެވެ.

ސްކޫލްތަކުގެ އެދުމުގެ މަތިން، ގްރޭޑް 10ގެ ކުދިންގެ ދެވަނަ ޓާމް ޓެސްޓް އަންނަ އަހަރުގެ ފެބްރުއަރީ 25 އާއި މާޗު 14 އާ ދެމެދު ބާއްވަން ނިންމާފައިވާ ކަމަށް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަމަސް ފެށެނީ މާޗު 10 ގައެވެ. ގްރޭޑް 10ގެ ދަރިވަރުން މިހާރު އޯލެވެލް އިމްތިހާނު ހަދަނީ މެއި ޖޫންގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.