Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

25 Nov 2023
ޚަބަރު

ޕީޕީއެމް ހިންގާ އިމާރާތް ހުސްކުރަން ވެރިފަރާތުން އަންގައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް ހިންގާ އިމާރާތް ހުސްކުރަން އެ ގޭގެ ވެރިފަރާތުން އަންގައިފިއެވެ. މިތަން ހުސްކުރަން އަންގާފައިވަނީ އިއްޔެއެވެ. ޕީޕީއެމްގެ އޮފީސް ހިންގަމުން އަންނަނީ ހ. ހުރަފާ ގައެވެ.

ޕީޕީއެމް އޮފީސް ހުސްކުރަން އަންގާފައި މި ވަނީ، އެ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރަށްޖެހިވަޑައިގެން އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައިިވާ ދަނޑިވަޅެއްގައެވެ. ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި އެދިފައި ވަނީ އެއް ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ހ. ހުރަފައިގެ ގްރައުންޑް ފްލޯ އަދި އެއް ވަނަ ފަންގިފިލާ ކުއްޔަށް ދޫކޮށްފައިވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށް ކަމަށެވެ.

"ކުއްޔަށް ދޫކުރެެވިފައިވާ ތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ. ވުމާއެކު ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައި، މިއަދު [ނޮވެމްބަރު 24، 2023] ގެ މެންދުރުގެ ކުރިން ތަން ހުސްކޮށް އަޅުގަނޑާ ހަވާލު ކުރުން އެދެން،" އެ ސިޓީގައި ބުނެފައިވެ އެވެ.

ޕީޕީއެމް/ ޕީއެންސީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށްވެސް ހައިޖާނު ބޮޑުވެފައެވެ. ޕީޕީއެމުން ވަކިވެ، ޔާމީން އާ ޕާޓީއެއް ހެދުމަށް ނިންމީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތްކޮށްފައިވާ ކަމަށް ބުނެއެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެއެވެ.

ޔާމީން އަލަށް ހަދާ ޕާޓީގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް ވަރަށް އަވަހަށް އެދޭނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.