Advertisement

ފޮޓޯ: ރައީސް އޮފީސް

24 Nov 2023
ޚަބަރު

އެމްޑީޕީގެ ވަގުތީ ރައީސަކަށް ރައީސް އިބޫ

އެމްޑީޕީގެ ހުސްވެފައިވާ، އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ހަމަޖައްސައިފިއެވެ. ގައުމީ މަޖިލީހުގައި އިބޫ ރައީސް ކަމަށް ހަމަޖެއްސީ ވަގުތީ ގޮތުންނެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގަތުމާ ގުޅިގެންނެވެ. 

ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން ޕާޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ގައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހަމަޖައްސަން ވެސް ވަނީ ފާސްކޮށްފައެވެ.

ގައުމީ މަޖިލީހުން ފާސްކުރި އެހެން ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭ ކަމާއި އެ މީހުން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ނަގާލަން ރާވަމުން ދިޔަ ކަމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ވާހަކަ އާއި ދައުލަތް ޝާމިލްވެ ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީ ޕީޖީ ގުރޫޕުގައި އެދުން ހިމެނެއެވެ. އަދި މިހާރުގެ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކޮމެޓީއެއް އެކުލަވާލުމާއި، މަޖިލީހުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލުމަށްވެސް ވަނީ ފާސްކޮށްފައެވެ. 

މީގެއިތުރުން ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި، ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބައްޓަން ކުރުމަށް ބާރު އެޅުމަށާއި އަނިޔާވެރިކަން ހުއްޓުވަން އެމްޑީޕީ ދެމިއޮންނަންވެސް ވަނީ ފާސްކޮށްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.