Advertisement

ޑިފެންސް މިނިސްޓަރު ކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވާ ޣައްސާން މައުމޫން ---

25 Nov 2023
ޚަބަރު

ބައްޕާފުޅު ޖަލަށް ލުމުންވެސް ރައީސް ޔާމީނާއިއެކު ހުންނެވި ޣައްސާނު، ޑިފެންސް މިނިސްޓަރުކަން ލިބިވަޑައިގަތުމުން ރައީސް ޔާމީނު ދޫކޮށްލައްވައިފި

އުމުރުފުޅުން 80 އަހަރުން މަތިވެފައި ވަނިކޮށް، އެއްވެސް ކުށެއް ނެތި ބައްޕާފުޅު މައުމޫނު ޢަބުދުލްޤައްޔޫމު ޖަލުގައި ބަންދުކޮށްގެން ގެންގުޅުއްވުމުންވެސް ރައީސް ޔާމީނު ދޫކޮށްނުލެއްވި، ޣައްސާނު މައުމޫނަށް، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ދެއްވުމުން ރައީސް ޔާމީނު ދޫކޮށްލައްވައި އެމަނިކުފާނާއި ދެކޮޅަށް ނުކުންނަވައިފިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި، ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫނުގެ އަތްޕުޅުން އަތުލައްވައި، އަދި އެމަނިކުފާނު ޖަލަށް ލެއްވުމުންވެސް، ޣައްސާނު މައުމޫނު ހުންނެވީ، ބޮޑު ބޭބޭފުޅު ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމާއި އެކު އެމަނިކުފާނުގެ އަރިހުގައެވެ. އެކަމާއި ގުޅިގެން ޣައްސާނު މައުމޫނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. އަދި ބައްޕާފުޅަށާއި އާއިލާއަށް ރައީސް ޔާމީނުގެ ސަރުކާރުން ބޮޑެތި އަދި އިހާނަތްތެރި އަނިޔާތަކެއް ދެއްވަމުން ގެންދެވި އިރު، ރައީސް ޔާމީނާއިއެކު ޣައްސާނު ސިޔާސީ މަސައްކަތުގައި އުޅުއްވާތީ، ގިނަ ބަޔަކު ޣައްސާނުގެ އިޚްލާޞްތެރިކަމާއި މެދު ސުވާލުވެސް އުފެއްދިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމަށްފަހުގައި، ޣައްސާނު މައުމޫނަށް ހުށައެޅުއްވި، ޑިފެެންސް މިނިސްޓަރު ކަމުގެ މަޤާމު ޤަބޫލު ކުރެއްވީ، އޭނާ ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ ގޮނޑިވެސް ދޫކޮށްލެއްވުމަށް ފަހުގައެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި، ރައީސް ޔާމީނާއި ދެމެދު ގުޅުންތައް ގޯސްވެ ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލައްވައި ނުކުމެވަޑައިގެންނެވުމުން ޣައްސާނު މައުމޫނު ވަނީ، ރައީސް ޔާމީނާއި ވަކިވެވަޑައިގެންފިކަން ނުސީދާކޮށް އިޢުލާނު ކުރައްވާފައެވެ.

ޣައްސާން މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، ދިވެހިން ރައީސް މުއިއްޒުއާ އެއްކޮށް ކުރިޔަށް ދިޔުމަށް ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.