Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

24 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޑރ. މުޢިއްޒާއި ދެކޮޅު ވުމަކީ ރައީސް ޔާމީނުގެ ތާޢީދު ގެއްލޭނެ ކަމެއް: ޕީއެންސީ

ރައީސް ޑރ. މުޢިއްޒާއި ދެކޮޅު ވުމަކީ ރައީސް ޔާމީނުގެ ތާޢީދު ގެއްލޭނެ ކަމެއްކަމަށް ބުނެ ސަރުކާރު ހިންގާޕާޓީ ޕީޕީއެމްއިން ރައީސް ޔާމީނަށް ފާޑު ކިޔައިފިއެވެ.

ރައީސް ޔާމީން އިސްނެންގެވުމަށް އުފެއްދެވި ޕާޓީ، ޕީއެންސީ ރާއްޖޭގެ ވެރިކަމަށް އައީ ރައީސް ޔާމީނުގެ ތާއީދާއި މަދަދާއި، އެމަނިކުފާނަށް ތާޢީދުކުރާ އެތައްހާސް ބައެއްގެ ވޯޓުންނެވެ. އެހެން ނަމަވެސް ވެރިކަމުގެ ފުރަތަމަ ހަފްތާ ނުނިމެނީސް ރައީސް ޔާމީން ޕީޕިއެމްއިން ވަކިވެވަޑައިގެން ސަރުކާރާއި ވަނީ ފެއަށް ޖެހިވަޑައިގެންފައެވެެ. ރައީސް ޔާމީނާއި ޑރ. މުޢިއްޒާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ހުޅު ފަޅައިގެން ދިޔައިރު، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ފޮޓޯފުޅު ހިފައިގެން ކެމްޕޭން ކުރި ފަރާތްތަކުން މިހާރު ވަނީ ސަރުކާރުގެ މަޤާމުތައް ލިބުމާއި އެކު ރައީސް ޔާމީނަށް ފާޑުކިޔަން ފަށާފައެވެ.

ޕީއެންސީން އެޕާޓީގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ، މަލީހް އާ ޑރ. ޖަމީލްގެ އަވައިގައި ޖެހި ރައީސް ޑރ މުއިއްޒު އާއި ދެކޮޅުވުމަކީ ރައީސް ޔާމީނަށް ރައްޔިތުންގެ ހިތުގައިވާ ލޯބި ގެއްލިދާނެ ކަމެއް ކަމަށެވެ. 

އެޕޯސްޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިފާޢުކޮށް ބުނެފައި ވަނީ، ޑރ. މުޢިއްޒަކީ، ޕާޓީ ކޮޅަށް ޖެހި މޭސްތިރި ކަމަށާއި، އަދި ރައީސް ޔާމީނު ޖަލުން ސަލާމަތް ކުރުމަށްވެސް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅާ ކަމަށެވެ.

ޑރ، މުޙައްމަދު މުއިއްޒު ރައިސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގެންނެވީ، ވެރިކަމުގެ ފުރަތަމަ ދުވަހުގައި ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ވަޢުދާއި އެކުގައެވެ. އެހެން ނަމަވެސް ވެރިކަމުގެ ފުރަތަމަ ހަފްތާ ނިމިގެން ދިޔައިރުވެސް ރައީސް ޔާމީން މިނިވަންވެފައި ނުވާތީ ރައީސް ޔާމީނަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ ޑރ. މުއިއްޒަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.