Advertisement

ކުރީގެ ޓޫރިޒަމް ޢަލީ ވަހީދު --

29 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

އިނގިރޭސި ވިލާތުން ޢަލީ ވަހީދުގެ ކިބައިން މަޢާފަށް އެދި 20 ހާސް ޕައުންޑްގެ ބަދަލެއް ދޭން ނިންމައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު އިނގިރޭސި ވިލާތުގައި ހައްޔަރުކުރީ، ޤާނޫނާއި ޚިލާފަށް ކަމުގައި ވަނީ، އިނގިރޭސި ދައުލަތުން ޢަލީ ވަހީދުގެ ކިބައިން މަޢާފަށް އެދި 20000 ޕައުންޑްގެ ބަދަލެއް ދިނުމަށް ނިންމާފައިވާ ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުން، އޭނާގެ ކިބައިން މަޢާފަށް އެދި، އެޤައުމުގެ ސަރުކާރުން އަޅުގަނޑު ހައްޔަރުކުރީ ޤާނޫނާ ޚިލާފަށްކަން ކަނޑައަޅައި، ވިހިހާސް ސްޓާލިންގ ޕައުންޑުން ބަދަލުދޭން ނިންމާފައިވާ ކަމަށެވެ. އަދި ވަގުތު ނެގިއަސް ޙައްޤަށް ނަސްރު ލިބޭނެ ކަމުގައި ޢަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދުގެ ފަރާތުން ވަކާލާތުކުރި ލޯފާމުގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ޢަލީ ވަހީދު ހައްޔަރުކުރީ އެޤައުމުގެ އިމިގްރޭޝަން ޤާނޫނާއި ޚިލާފުވިކަމަށް ބުނެކަމަށެވެ. އެހެން ނަމަވެސް، އިނގިރޭސި ވިލާތުގެ ކޯޓުގައި އެއީ ޤާނޫނާއި ޚިލާފަށް ކުރި ބަންދެއްކަން ސާބިތުކޮށްދެވިފައިވާ ކަމުގައިވެސް އެ ލޯފާމުން ވަނީ ބުނެފައެެެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކެއް ކުރިޔަށް ދަނިކޮށެވެ. އެހެން ނަމަވެސް އެމައްސަލަތައް ވެސް އަލީ ވަހީދުގެ މައްޗަށް ސާބިތެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.