Advertisement

ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއިއެކު، ޕީއެންއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ---

30 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީންގެ އައު ޕާޓީގެ އަމާޒަކީ 24 ގަޑިއިރު ތެރޭ 3000 ފޯމު ހަމަކޮށް ރަޖިސްޓްރީ ކުރަން ހުށައެޅުން

ރައީސް ޔާމީންގެ އައު ޕާޓީގެ އަމާޒަކީ 24 ގަޑިއިރު ތެރޭ 3000 ފޯމު ހަމަކޮށް ރަޖިސްޓްރީ ކުރަން ހުށައެޅުން ކަމުގައި އެޕާޓީން ބުނެފިއެވެ.

ރައީސް ޔާމީން އުފައްދަވާ އައުޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް އުފެއްދުމާއި ގުޅޭ މަސައްކަތްތައް ކުރުމަށް، ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ހުއްދަ ދޫކޮށްފައެވެ.

އެޕާޓީގެ ފަރާތުން އަމާޒަކީ، 24 ގަޑިއިރުގެ ތެރޭގައި، 3000 ފޯމު ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުން ކަމަށެވެ. އަދި އެންމެ އަވަހަށް ރަޖިސްޓްރީވާ ސިޔާސީ ޕާޓީއަށް ހަަދައި ޕާޓީގެ މަސައްކަތްތައް އަވަހަށް ފަށައިގަތުމަށް ރާވަމުން އަންނަ ކަމުގައިވެސް އެޕާޓީން ބުންޏެވެ.

ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމެވީ، ޕީޕީއެމްގައި އެމަނިކުފާނުގެ ބާރު ގެއްލި، އެމަނިކުފާނަށް ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ހުރަސްތަކާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް، ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވީ، ރައީސް ޔާމީންގެ ހިޔަނީގައެވެ. އެހެން ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުމާއި، އެކު ޕީޕީއެމްގެ އިސްބޭފުޅުންނާއި ރައީސް ޔާމީނާއި ދެމެދުވަނީ ގުޅުންތައް ހީނަރުވެގެން ގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.