Advertisement

ސްޓެލްކޯގެ އެމްޑީ ފަހުމީ، މުއިވެޔޮމަގުގައި ހުރި އެކުންފުނީގެ ޓްރާންސްފޯމަރުގެ ހާލަތު ބައްލަވާލެއްްވުން --- ފޮޓޯ: ސްޓެލްކޯ

28 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

މަޤާމާއި ހަވާލުވެ ފުރަތަމަ މަސައްކަތަކަށް ފަހުމީ ފެއްޓެވީ، މުއިވެޔޮމަގު ޓްރާންސްފޯމަރުގެ މައްސަަލަ ހައްލުކުރުމުގެ މަސައްކަތް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ މަސައްކަތެއްގެ ގޮތުން މުއިވެޔޮމަގަށް ނެރެފައި ހުރި ޓްރާންސްފޯމަރ ގެ މައްސަލަ ހައްލުކުރެއްވުމުގެ މަސައްކަތް ފަޙްމީ ފައްޓަވައިފިއެވެ.

ސްޓެލްކޯގެ އެކި މަޤާމުތަކުގައި ޚިދުމަތް ކުރެއްވި ޙުސައިން ފަހުމީ ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެން މަސައްކަތް ފެއްޓެވީ މިއަދުއެވެ. މަސައްކަތަށް ނުކުންނެވުމަށްފަހުގައި ފަހުމީ ވަނީ، ކުންފުނީގެ އިސް ބޭފުޅުންނާއި އެކު މުއިވެޔޮމަގުގައި ހުރި އެކުންފުނީގެ ޓްރާންސްފޯމަރުގެ ހާލަތު ބައްލަވައި ލެއްވުމަށް އެސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ.

ކުރީގެ މާވެޔޮ މިސްކިތުގެ ގޯތި ތެރޭގައި ހުރި އެޓްރާންސްފޯމަރު އެތަނުން ނަގައި މަގުމައްޗަށް ނެރުނީ ވަގުތީ ގޮތުންނެވެ. އެއީ މާވެޔޮމިސްކިތް އަލުން އިމާރާތްކުރުމަށް، ޓްރާންސްފޯމަރު ހުރި ބިން ބޭނުންވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް، މާވެޔޮމިސްކިތުގެ މަސައްކަތް ނިމި އެމިސްކިތް ބޭނުންކުރަން ފެށިފަހުންވެސް އެޓްރާންސްފޯމަރު ހުރީ މަގުމަތީގައެވެ.

މުއިވެޔޮމަގަށް ދަތިވާގޮތަށް ހުރި އެ ޓްރާންސްފޯމަރު އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އެއްމަސްދުވަހުގެ ތެރޭގައި ކޮށްނިންމަވާނެ ކަމުގައި ފަހުމީ ވަނީ ވިދާޅުވެފައެވެ. އެޓްރާންސްފޯމަރު ބަދަލުކުރާނެ ތަނެއް ހަމަޖެއްސުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު، ކުރިން ޓްރާންސްފޯމަރު ހުރި ބިން މިހާރު ވަނީ، މާވެޔޮމިސްކިތުގެ އިމާރާތުގެ ތެރެއަށް ނަގާފައެވެ. އެހެންވެ އެ ޓްރާންސްފޯމަރު ބަހައްޓާނެ އެއްވެސް ޖާގައެއް މިހާރު މާވެޔޮމިސްކިތުގެ ހަރިންމަތެރެއަކު ނެތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.