Advertisement

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

29 Nov 2023
ޚަބަރު
ނޫން

ބޮޑު ވަޒީރަށް ވެވަޑައިގެންނެވުމުގެ ހުވަފެންފުޅު ރައީސް ނަޝީދު ދޫކޮށްލައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކުރިޔަށް އޮތް ދައުރުގައި، ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމުގައި ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ މިނިންމެވުން ހާމަކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސް އެޕްގުރޫޕަަކަށް ފޮނުއްވި މެސެޖެއްގައެވެ. އެމެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނު ވާދަ ނުކުރައްވާނެ ކަމަށާއި، ދެން އުޅުއްވާނީ އެހެން މަސައްކަތްތަކުގައި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ސިޔާސީ މަސައްކަތުން ދުރަށް ވަޑައިގަންނަވާނެ ކަމުގައި ވިދާޅެއް ނުވެއެވެ.

ރައީސް ނަޝީދާއިއެކު މަސައްކަތްކުރެއްވި، ބައެއް މަޖިލިސް މެމްބަރުން ވިދާޅުވި ގޮތުގައި، ރައީސް ނަޝީދުގެ އެނިންމެވުމުން މޭރުންވެގެން ދަނީ، ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަށް ވެވަޑައިގެންނެވުމަށް ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތް ދޫކޮށްލެއްވީ ކަމަށެވެ. އެހެން ނަމަވެސް އަލުން އަނެއްކާވެސް ސިޔާސީ މަސައްކަތުުގައި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް ދަންނަވަން ނޭނގޭ ކަމުގައި އެމެމްބަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް ނަޝީދާއި ދެމެދު އުފެދުނު ނުތަނަވަސްކަންވެސް ގުޅެނީ، ރައީސް ނަޝީދު ދެކެވަޑައިގެންނެވި ބޮޑުވަޒީރުކަމުގެ ހުވަފެންފުޅާއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރެއްވުމަށް ބާރު އެޅުއްވުމާއި، އަދި ރައީސް ނަޝީދު މަޖިލީހަށް ކުރިމަތިލެއްވުމާއި، އަދި މަޖިލީހުގެ ރައީސަކު ހޮވުމުގައި ކުޅުއްވި ޑްރާމާއަށް ފަހު، އެންމެ މަސްލަހަތު ހުރި ގޮތަކީ އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވުން ކަމުގައި ވިދާޅުވެ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވިއެވެ.

މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް ނަޝީދު ހޮވިވަޑައިގަތީވެސް، ވަރަށް ކުޑަ ތަފާތަކުންނެވެ. އަދި އަލުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވައިފިނަމަ، ހޮވިވަޑައިނުގަތުމުގެ ފުރުޞަތުވެސް އޮތް ކަމަށާއި ސިޔާސީ ގޮތުން ރައީސް ނަޝީދު ހެއްދެވި ގޯސްތަކުގެ ސަބަބުން އާއްމުންގެ މެދުގައި އެމަނިކުފާނުގެ މަޤުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.