Advertisement

ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

29 Nov 2023
ޚަބަރު

ފިންލޭންޑް އަދި ބިލަބޮންގެ ދަރިވަރުންނަށް ބަހުގެ ހިދުމަތް ފަށައިފި

އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ބަހުގެ ހިދުމަތް ދޭން ފަށައިފިއެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ބުނި ގޮތުގައި މި ހިދުމަތަކީ ހުޅުމާލެއިން އެ ދެ ސްކޫލަށް އަންނަ ދަރިވަރުންގެ އަދަދު އިތުރުވުމާ ގުޅިގެން ތައާރަފްކުރި ހިދުމަތެކެވެ. އަދި މި ހިދުމަތުގެ ސަބަބުން ހުޅުމާލޭގައި މިހާރު ދިރިއުޅޭ ދަރިވަރުން ކުރިމަތިލަމުން އަންނަ ދަތުރުފަތުރުކުރުމުގެ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ހިދުމަތް ތައާރަފްކުރީ އޭއެމްޔޫ ކޮންސްޓްރަކްޝަންއާ ގުޅިގެންނެވެ. އެ ކުންފުނިން ބުނީ މި ހިދުމަތް ރައްކާތެރިގޮތުގައި ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި ދަރިވަރުން ބަހަށް އަރާ ވަގުތުތަކާއި ފައިބައި ވަގުތުތަކުގައި ފުލުހުންނާއި ޓްރެފިކް ޕޮލިހުގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ބުނި ގޮތުގައި ދުވާލަކު ބަހުގެ 2 ނުވަތަ 3 ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތައް ޝެޑިއުލްކޮށްފައި ވަނީ ވަގުތު މެނޭޖުކޮށް, ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތައް ބަލައި, ސްކޫލަށް ދާންޖެހޭ ވަގުތަށް ދެވޭނެ ގޮތްތަކަށް ވިސްނައިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.