Advertisement

ރައީސް ޔާމީނާއި ޑރ. ޖަމީލް ---

29 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީންގެ އައު ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއި މެދު ގޮތް ނިންމުން މިއަދު

ރައީސް ޔާމީނުގެ އައު ޕާޓީ އުފެއްދުމަށް ހުއްދަ ދިނުމާއި މެދު މިއަދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާނެކަމުގައި އެކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު  ވިދާޅުވީ، އަލްފާޟިލް ޒެއިން ޢަބްދުﷲ ޔާމީން ގެ ފަރާތްޕުޅުން، ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދިވަޑައިގެން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާމެދު މިއަދު 2 ޖަހާއިރު ބާއްވާ ކޮމިޝަންގެ ޖަލްސާގައި ގޮތެެއް ނިންމަވާނެކަމަށެވެ.

ރައީސް ޔާމީނު އުފައްދަވާ ޕާޓީގެ މުއައްސިސެއްގެ ޙައިސިއްޔަތުން، ޒެއިން ހުއްދައަށް އެދި ހުށައެޅީ، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށައެޅެނީ ވަކި ފަރުދަކަށް ކަމުގައި ވާތީއެވެ. އެހެން ނަމަވެސް އަލަށް އުފައްދާ މިއައު ޕާޓީގައި، 8 މުއައްސިސުން ތިއްބަވާނެ ކަމުގައި، އެޕާޓީ އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ، މުޙަމްމަދު މަލީޙް ވަނީ ވިދާޅުވެފައެވެ.

އައު ޕާޓީއެއް އުފެއްދެވުމަށް، ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށައެޅުއްވީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، ޕީޕީއެމްގެ ބާރުތައް އެމަނިކުފާނަށް ގެއްލިގެން ދިޔުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.