Advertisement

އީވާ އަބްދުﷲ. ފޮޓޯ: މަޖިލިސް

29 Nov 2023
ޚަބަރު

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.

އެމްޑީޕީގެ 49 މެންބަރުންނާއި މިނިވަން މެންބަރެއް ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ ސޮއިކުރައްވައި ހުށަހެޅި އެ މައްސަލައިގެ ނޯޓިސް އީވާ އަށް ފޮނުވާފައި ވަނީ މި މަހުގެ 20 ގައެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ނޯޓިސް ފޮނުވާތާ 14 ދުވަހަށް ފަހު އެންމެ ފުރަތަމަ ބާއްވާ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދަން ޖެހެއެވެ. މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އާދީއްތަ ދުވަހު އީވާ ޖަވާބުދާރީވުމަށް 30 މިނިޓުގެ ވަގުތެއް ދިނުމަށް ނިންމައިފައެވެ.

އީވާ މަގާމުން ވަކިކުރަން ހުށަހެޅި ސަބަބުތައް ބަޔާން ކުރަމުން އެމްޑީޕީން ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އީވާއާ އާއިލީ ގޮތުން ގުޅުން އޮތަސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އީވާ އަމަލު ކުރެއްވީ އަމިއްލަ ޒާތީ މަސްލަހަތު އިސް ކުރައްވައިގެން ކަމަށެވެ.

އީވާ މަޖިލީހަށް އިންތިހާބުކުރީ އެމްޑީޕީ މެންބަރެއް ގޮތުގައި ކަމަށް ވިޔަސް އެ ޕާޓީން ވަކިވުމާ އެކު، އެ އެމްޑީޕީއާ އެކު، ހަދާފައިވާ ކެންޑިޑޭޓުންގެ އިގުރާރާ ވެސް އީވާ ހިލާފުވެފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. އެހެންކަމުން އެ ޕާޓީގެ މެންބަރުންގެ އިތުބާރު އީވާ އަށް ގެއްލިފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.