Advertisement

މިސަރުކާރުގެ މަގޭ ސޯލާ ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ތެރެއިން ---

30 Nov 2023
ޚަބަރު
ނޫން

ހޯމް ސޯލާގެ ނަމުގައި ކުރީ ސަރުކާރުން ފެށި ޕްރޮގްރާމް މަގޭ ސޯލާގެ ނަމުގައި މިސަރުކާރުން އަލުން އިފްތިތާޙްކޮށްފި

ހޯމް ސޯލާގެ ނަމުގައި ކުރީ ސަރުކާރުން ފެށި ޕްރޮގްރާމް މަގޭ ސޯލާގެ ނަމުގައި މިސަރުކާރުން އަލުން އިފްތިތާޙްކޮށްފިއެވެ.

މަގޭ ސޯލާގެ ނަމުގައި ރީބްރޭންޑްކޮށް އަލުން މި ޕްރޮގްރާމް އިފްތިތާޙްކޮށްފައި ވަނީ އިއްޔެއެވެ. މިޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ، މާފަންނު ރޭޑިއޯ ބިލްޑިންގގައިއެވެ. މިޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ވިދާޅުވީ، މަގޭ ސޯލާ ޕްރޮގްރާމްގެ އަމާޒަކީ، ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުން ކަމަށެވެ. އަދި މިޕްރޮގްރާމް ހިންގާނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ޔުޓިލިޓީ ކުންފުނިތަކާއި، ބޭރުގެ އެހީދޭ ޖަމާޢަތްތަކާއި ގުޅިގެން ކަމުގައިވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އެމިނިސްޓްރީން ބުނީ އައު ސަރުކާރުން ފެށި މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ސޯލާ ނިޒާމްތައް ބެހެއްޓުމަށް ފުރުޞަތު ދޭނީ، ގޭބިސީތަކަށް ކަމަށެވެ. އަދި މިގޮތަށް ދޫކުރާ ސޯލާ ޕީވީ ނިޒާމްތަކަކީ، ދިގު މުއްދަތުން ފައިސާ ދައްކައި ޚަލާސް ކުރާ ގޮތަށް ކުރިޔަށް ގެންދާނެ މަޝްރޫޢެއް ކަމުގައިވެސް މިނިސްޓްރީން ބުންޏެވެ.

ކުރީ ސަރުކާރުގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ފެނަކަ ކޯޕަރޭޝަން ގުޅިގެން ހޯމް ސޯލާގެ ނަމުގައި، ފެށި ޕްރޮޖެކްޓްގެ ދަށުން އަތޮޅުތަކުގެ ގޭބިސީތަކުގައި ވަނީ، ސޯލާ ހަރުކޮށް އިއާދަކުރަނިވި ހަަކަތައިން ހަކަތަ ބޭނުން ކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ކުރީ ސަރުކާރު ނިމުނު އިރު،  ރާއްޖޭގެ 300 ގެއެއްގެ ފުރާޅުގައި 888 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭ ސޯލާ ނިޒާމްތައް ވަނީ ޤާއިމްކޮށްފައެވެ. 

2030ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ކާބަން އެމިޝަންސް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފަައިވާ އަމާޒުގެ ދަށުން، ހޯމް ސޯލާ ޕްރޮގްރާމް ހިންގުން ފެނަކަ ކޯޕަރޭޝަނާއި ކުރީ ސަރުކާރުން ހަވާލުކުރީ، މިދިޔަ 2022ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ. މިގޮތުން ފެނަކައިން އެޕްރޮގްރާމް ހިންގާތާ މިހާރު ވަނީ އެއް އަހަރާއި 11 މަސްދުވަސް ވެފައެވެ.

ކަރަންޓް ބިލްތަކަށް އާއްމުން ކުރަންޖެހޭ ހޭދަކުރުމަށް އެހީވެދިނުމުގެ ގޮތުން، އަމިއްލަ ގޭބިސީތަކުގައި ސޯލާ ޕެނަލްތައް ހަރުކޮށްގެން ހަކަތަ ބޭނުން ކުރެވޭނެ ގޮތް ހަދައި ދިނުމަށް މިސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ  މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.