Advertisement

އާބަންކޯގެ އައު މެނޭޖިން ޑައިރެކްޓަރ މުހައްމަދު ފަޟުލް ރަޝީދު ---

29 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ޚަރަދުކުރި ފައިސާ އަނބުރާ ލިބޭނެ: ފަޒުލް

ހިޔާފްލެޓްތަކުގެ ފިނިޝިންއަށް ފްލެޓްތައް ލިބުނު ފަރާތްތަކުން ޚަރަދުކުރި ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަޤީންކަން އެކުންފުނީގެ އައު މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ދެއްވައިފިއެވެ.

މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ފަޟުލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ގޮތަށް، ހިޔާފްލެޓްތައް ހަދަން ޚަރަދުކުރި ފައިސާ ހިޔާ ފްލެޓްތަކުގެ ވެރިންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި އެފައިސާ ނުދިނުމަށް މިސަރުކާރުން ނިންމައިފި ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުން ފަތުރާފައިވާ ވާހަކަތައް، ފަޟުލް ވަނީ ދޮގު ކުރައްވާފައެވެ.

ރިޔާސީ އިންތީޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ހިޔާފްލެޓްތަކުގެ ވެރިން އެ ފްލެޓްތަކުގެ ފިނިޝިންގއަށް ޚަރަދު ކުރި ފައިސާ އަނބުރައި ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި އެގޮތުން އެވްރެޖްކޮށް ކޮންމެ ފްލެޓަކަށް 2 ލައްކަ ރުފިޔާ ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން ނިންމާފައި އޮތީ ފްލެޓްތައް ލިބޭ ފަރާތްތަކަށް ފްލެޓްތަކުގެ ފިނިޝިންގ ނިންމާފައި ދޭގޮތަށް ކަމަށެވެ. މިގޮތުން އޭރު ނިންމާފައި އޮތީ އެޗްޑީސީން ލޯނެއް ނަގައިގެން ފްލެޓްތަކުގެ ފިނިޝިން ނިންމާގޮތަށް ކަމަށާއި، އެހެން ކަމުން ފްލެޓްތަކުގެ ފިނިޝިންގެ ބަދަލުގެ ގޮތުގައި ފްލެޓްތަކުގެ ވެރިންނަށް 2 ލައްކަ ރުފިޔާ ދޭނީވެސް އެޗްޑީސީން ލޯނު ނަގައިގެން ކަމުގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ވެރިންނަށް ބަދަލުގެ ގޮތުގައި 2 ލައްކައެއްހާ ރުފިޔާދޭނެ ކަމުގެ ޔަޤީންކަން އާބަންކޯގެ އައު މެނޭޖިންގޑައިރެކްޓަރ ދެއްވާފައި ވީ ނަމަވެސް، އެކަމާއި ގުޅޭ ގޮތުން ސަރުކާރުން އިތުރަށް ވާހަކަދައްކާފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.