Advertisement

ރައީސުލްޖުމްހޫރިއްޔާ ތުރުކީ ވިލާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ---

29 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ފަލަސްޠީނަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ބަދަލެއް ނާންނާނެ: ރައީސް

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދެއްވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބަދަލެއް ނުގެނެސް އެމަސައްކަތްތަކާއިއެކު ކުރިޔަށްދާނެ ކަމުގެ ޔަޤީންކަން ރައިސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިޔަޤިންކަން ދެއްވީ، ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއަރމަން އަދި ރައީސް، ޕްރޮފެސަރ ޑޮކްޓަރ ނޫމާން ކުރްތުލުމުސްއާ ބައްދަލު ކުރައްވައި އަދި ތުރުކީގެ ޕާލަމެންޓްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ މިނިވަންކަމަށް ބައިނަލްއަޤުވާމީ މުޖުތަމައުގައި ވަކާލާތުކުރާ ކުރުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމްކުރުމަށާއި، 1948ގައި ކަނޑައެޅި ބޯޑަރުތަކާއި ހަމައަށް އިޒްރޭލުން ފަހަތައް ޖެހުމަށާއި، ފަލަސްޠީނުގެ ސަރަހައްދުތަކުގައި އިޒްރޭލުން ބައިނަލްއަޤުވާމީ ޤާނޫނު ތަކާއި ޚިލާފަށް ޔަހޫދީ އާބާދީތައް ހަދަމުން ދިޔުން ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ކުއްވެރިކުރަމުންނެވެ. އަދި ފަލަސްޠީނުގެ މައްސަލައަށް އޮތީ ދެދައުލަތުގެ ހައްލު ކަމަށާއި، ފަަލަސްޠީން މިނިވަންކޮށް ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމުގައި ހަމަޖެއްސުމަށްވެސް ރާއްޖެއިން އަންނަނީ ވަކާލާތު ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ޤައުމެއް ނަމަވެސް ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އެތުރިފައި ވަނީ ބޮޑު ސަރަޙައްދެއްގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަކީވެސް ބޮޑު ސަރަހައްދެއް ކަމަށާއި ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީވެސް ސަރަހައްދީ މުހިންމު ހިސާބެއްގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރާއްޖެއާއި ދުރާއި ގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާއެކުވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތަކަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު، ވެރިކަމާާއި ހަވާލުވެވަޑައިގެން ހުވާކުރެއްވުމަށްފަހު ކުރެއްވި ފުރަތަމަ ތަޤުރީރުގައި އެއްގޮތަކަށްވެސް ފަލަސްޠީނުގެ މައްސަލައަށް އަލިއަޅުވާނުލުމުން އެކަމާއި މެދު ފާޑިޔުންތައް އަމާޒުވެގެން ދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ ވިލާތަށް މިމަހުގެ 26 ވަނަ ދުވަހު ފެއްޓެވި، ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި މިއަދު އެޤައުމުން ފުރާ ވަޑައިގަންނަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.