Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

03 Dec 2023
ޚަބަރު
ނޫން

ފަސްޓް ކްލާހުގައި ދަތުރުފުޅު ކުރައްވަން ބޭނުންފުޅު ނުވާކަމަށާއި، ފަސްޓް ކުލާހުގައި ފުރަތަމަ ދަތުރުފުޅުކުރެއްވީ ޖާގަ ނުލިބިގެން ކަމުގައި ރައީސް ވިދާޅުވެއްޖެ

ފަސްޓް ކްލާހުގައި ދަތުރުފުޅު ކުރައްވަން ބޭނުންފުޅު ނުވާކަމަށާއި، ފަސްޓް ކުލާހުގައި ފުރަތަމަ ދަތުރުފުޅުކުރެއްވީ ޖާގަ ނުލިބިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދެޤައުމަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި މިއަދު މާލެ ވަޑައިގެން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުވެސް އަދި އެމަނިކުފާނުގެ ނައިބުވެސް ފަސްޓް ކުލާހުގައި ދަތުރުފުޅު ކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ފަސްޓް ކްލާހުގައި ދަތުރުފުޅުކުރައްވަން ޖެހިވަޑައިގަތީ ފަސްޓް ކުލާސް ނޫންތަނަކުން ޝީޓެއް ލިބިވަޑައިނުގެންނެވުމުންކަމުގައި ވަނީ ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އަދި ނައިބު ރައީސްވެސް ބޭނުމެއް ނޫނޭ ފަސްޓް ކުލާސްގަ ދަތުރުކުރާކަށެއް. އިނގޭތޯ؟. އެކަމަކު މިފަހަރު ކަންދިމާވީ ގޮތް ދަންނަވަންތޯ؟ ބިޒްނަސް ކުލާހުން ޓިކެޓެއް ނުލިބުނު. ފުލްވެފައި އޮތީ. ދެން މިބޭފުޅުން (ޕްރޮޓޮކޯލް ބޭފުޅުން) ވިދާޅުވެއްޖެ، ދެން ތިމަންނަމެންނަކަށް ނެތޭ އެއްވެސް ގޮތެއް އަޅުގަނޑާއި ޕީއެސްއޯއާއި، މާނަޔަކީ ސެކިއުރިޓީ އޮފިސަރާއި، އެބަ ލާންޖެހެޔޭ ފަސްޓް ކުލާހަށް. ... ބައްލަވާފައި ނުލިބިގެން އަޅުގަނޑަށް ޖެހުނީ ފަސްޓް ކުލާހުގައިދާން. އަޅުގަނޑު ބޭނުމެއް ނޫން ފަސްޓް ކުލާހުގައި ދަތުރުކުރާކަށެއް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށެއް ބޭނުމެއް ނޫން، ނައިބު ރައީސްވެސް ނުދާނެ އިނގޭތޯ؟ ޚަރަދުކުރުމެއް ނޫން ބޭނުންވަނީ. ބޭނުންވަނީ، ރައްޔިތުންނަށް ކޮންމެވެސް ކަހަލަ ކުރިއެރުމެއް ލިބޭ ކަންތައްތަކެއް މިދަތުރުތަކުންވާން އިނގޭތޯ؟ އެއްވެސް އެއްޗެއް ނުފޮރުވާނަން، ހާމަކުރާނަން، ވީހާވެސް އަވަހަކަށް."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދު ބަރަދު ގިނަވެގެން 15 ދުވަސްތެރޭގައި ހާމަކުރައްވާނެ ކަމަށެވެ. އަދި ބައްލަވާނީ އެއަށްވުރެވެސް އަވަހަށް އެމައުލޫމާތު ހާމަކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.