Advertisement

އެޗްއައިވީ ވައިރަސް ---

01 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އެޗްއައިވީއަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 40އަށް އަރައިފި

ދިވެހިރާއްޖެއިން އެޗްއައިވީ ޖެހިފައި ހުރި މީހަކު ފެނުނުތާ 32 އަހަރު މިއަހަރު ފުރުނުއިރު، މިހާތަނަށް ރާއްޖެއިން އެބަލި ޖެހުނު މީހުންގެ އަދަދު 40އަށް އަރާފައިވާ ކަމުގައި އެޗްޕީއޭއިން ބުނެފިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ އެޗްއައިވީ ޖެހިފައިވާ މީހަކު ފެނުނީ 1991 ވަނަ އަހަރުގައެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއިން އެޗްއައިވީ ޖެހިފައި ވަނީ 40 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި، 34 ފިރިހެނުންނެވެ.

އޭގެތެެރެއިން 15 މީހުން މިހާރު ނިޔާވެފައިވާއިރު، ރާއްޖޭގައި އެބައްޔަށް ފަރުވާ ހޯދަމުންދާ 22 މީހުން މިހާރު އެބަތިއްބެެވެ.

އެންމެ ފުރަތަމަ 2000ގެ ކުރީކޮޅާއި ހަމައަށް ދިވެހިންނަށް އެޗްއައިވީ ޖެހެމުން އައީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ސަބަބުން ކަމުގައި ވީނަމަވެސް، މިހާރު ރާއްޖޭގެ އެތެރޭގައި ދަނީ ބަލި ފެތުރެމުންނެވެ. 

އެޗްއައިވީއަކީ މުޅިން ފަސޭހަކުރެވޭ ބައްޔެއް ނޫންނަމަވެސް، އެބަލީގެ އެންމެ ފަހުގެ ފަރުވާއިން، ބައްޔާއެކު އާއްމު އާދައިގެ ދިރިއުޅުމެއް އުޅެވެއެވެ. މިބައްޔަށް ދެވޭ އެންމެ ފަހުގެ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމެންޓް ކަމުގައި ވާއިރު، މިފަރުވާއަކީ، 2004 ވަނަ އަހަރުންފެށިގެން ރާއްޖޭގައި މުލިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެކެވެ.

މިއަދަކީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.