Advertisement

ފުލުހުންގެ މައި އިދާރާ ---

30 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހުން ސީރިއަސް ހާލަތުގައި

ރޭ ބޮޑު ތަކުރުފާނު މަގުގައި ހިނގި އެކްސިޑެއްޓެއްގައި އަނިޔާވި 3 މީހުންގެ ހާލު ސީރިއަސް ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ރޭ މާލޭ ދެުނު ފަރާތު ބޮޑު ތަކުރުފާނު މަގުން، ވިލާކޮލެޖުގެ ކިއުއައި ކެމްޕަސްގެ ކައިރީގައި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ލިބިފައި ވަނީ، ރޭ 23:26 ހާއިރުގައި ކަމަށެވެ.

ދެސައިކަލެއްޖެހި ހިނގި މިއެކްސިޑެންޓްގައި، 3 މީހަަކަށް އަނިޔާވި ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 2 ފިރިހެނުންނާއި އަންހެނެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިންވަނީ ބުނެފައެވެ. ފުލުހުންގެ އިދާރާއިން ބުނީ އަނިޔާވި 3 މީހުންނަށްވެސް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، ތިން މީހުންގެ ހާލުވެސް ސީރިއަސް ކަމަށެވެ. 

ފުލުހުން ބުނީ އެ އެކްސިޑެންޓްގެ މައްސަލަ ތަޙްޤީޤުކުރަމުން ގެންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.