Advertisement

މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލްއައުޡަމް --

01 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ޤައުމު އިސްލާޙްވާން އޮތީ ރައްޔިތުން އިސްލާޙްވެގެން - ހުކުރު ޚުޠުބާ

ޤައުމު އިސްލާޙް ކުރުމާއި މެދު ވިސްނަންޖެހޭ ކަންތައް އެބަހުރިކަމަށާއި، އިސްލާޙުވުން ފެށޭ ހިސާބަކީ ނަފުސްތައް އިސްލާޙްކުރުން ކަމުގައި މިއަދު ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދު މުޅިރާއްޖޭގައި އިއްވި ޚުކުރު ޚުޠުބާގެ މައުޟޫއަކީ، "ޤައުމު އިޞްލާޙު ވުން އޮތީ ނަފްސުތައް އިޞްލާޙު ވެގެންނެވެ." މިމައުޟޫއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، ތމާމެންގެ ވަށައިގެން ހިނގާ ކަންކަމާއި، ފެންނަމުންދާ މަަންޒަރުތަކާއި މެދު ވިސްނާ ފިކުރުހިންގައި ނުލައި ތިބުން ހެޔޮ ނުވާނެ ކަމަށެވެ. އަދި މުޖުތަމަޢުގައި ހިނގާ އެންމެހައި ފާހިޝް ކަންކަމާއި، މަސްތުވެގަތުމަށް ކުރެވޭ ހަޑިހުތުރު ކަންކަމާއި މާރާމާރީއާއި، މީސްތަކުންގެ ހައްޤުތަކަށް އަރައިގަތުމާއި، މީސް މީހުންގެ އަމިއްލަތަކެއްޗާއި، މިލްކިއްޔާތަށާއި، ދައުލަތުގެ ތަކެއްޗަށް ގެއްލުންދޭ ބަޔަކު، ގެއްލުންދީ އުޅެނީ ކީއްވެތޯ ބަލައި ނުލައި ތިބުންވެސް ހެޔޮ ނުވާނެ ކަމުގައި ޚުޠުބާގައި ވަނީ ބުނެފައެވެ. އަދި ހެދި ބޮޑިވަމުން އަންނަ ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުންގެ އަޚުލާޤާއި ސްލޫކު ފާލުންނެއްޓިދަނީ ކީއްވެތޯ އާއި އެކަންކަމުން މުޅި ޤައުމު ސަލާމަތް ކުރުމަށް އޮތް މަގަކީ އަދި ހައްލަކީ ކޮބައިތޯ ސުވާލޮށް ނުލައި ތިބުން ހެޔޮ ނުވާނެކަމުގައިވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި އިތުރަށް ބުނެފައި ވަނީ، ޤައުގައި އިސްލާޙް ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި، އަދި އިސްލާޙްކުރަންޖެހޭ ކަންކަން ދެނެގަންނަން ޖެހިފައިވާ ކަމަށެވެ. މިގޮތުން އިސްލާޙްކުރަން ފެށޭ ހިސާބަކީ، ކޮންމެ އިންސާނެއްގެ އަމިއްލަ ނަފުސު ކަމަށާއި، އާއިލާ އާއި މުޖުތަމަޢުއާއި ޤައުމާއި މުޅި ދުނިޔެ އިސްލާޙްކުރަން ފެށޭ ހިސާބަކީވެސް އެއީ ކަމުގައި ޚުޠުބާގައި ވަނީ ބުނެފައެވެ. އަދި ނަފުސް އިސްލާޙްގެ މަގަށް އަޅުވައިފިނަމަ، އިންސާނީ މުޅި ޙަޔާތް އިސްލާޙްވެގެންދާނެކަމުގައިވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނީ، އިންސާނުން ޖަނަވާރުންނާއި ތަފާތު ވަނީ އިންސާނީ ނަފްސުންކަމަށެވެ. އަދި ނަފްސުގެ ސަބަބުން އިންސާނާ އިންސާނަކަށް ވެގެން ދިޔައީ، ރޫޙާނީ ވުޖޫދާއި، މައުނަވީ ވުޖޫދުގެ ސަބަބުން ކަމުގައިވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.