Advertisement

ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުން ---

01 Dec 2023
ޚަބަރު
ނޫން

ކޮޕް-28ގެ ހަވާސާގައި، ރައީސް ޑރ. މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ޔޫއޭއީގައި މިހާރު ކުރިޔަށްދާ، ކޮޕް-28 ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒްއން ވަނީ މައުލޫމާތު ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ކޮޕް-28ގެ ހަވާސާގައި، ދެބޭފުޅުން ބޭއްވެވި މިބައްދަލު ކުރެއްވުމުގައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ، އިންޑިއާއާ ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް ކޮމިޓީއެއް އުފެއްދެވުމާއި، އަދި ދެޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުފުޅާ ކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިބައްދަލުވުން ކަވަރުކުރި، އިންޑިއާގެ ޤައުމީޓީވީގެ ނޫސްވެރިޔާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ އެއްވެސް ވާހަކައެއް މިބައްދަލުވުމުގައި ނުދެކެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިނުގަންނަވައި ފޮނުއްވެވީ ކެބިނެޓް ވަޒީރެކެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގެ މައިގަނޑު އެއްވަޢުދަކީ، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމެވެ. އަދި ޕީޕީއެމްއިން ހިންގި އިންޑިއާއައުޓް ކެމްޕޭންތަކާއި އެއްވުންތަކުގައިވެސް ޑރ. މުޢިއްޒު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
23 Sep 2024
ޚަބަރު
މަލްޓިލެޓަރަލް ނިޒާމަކީ ޢަމަލީ ގޮތުން ބޭނުން ހިފޭ ނިޒާމަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި
މިގޮތުން، ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަމެވެ. ދެވަނައަށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރެއްވި އިރު، ރަނގަޅު ނަތީޖާތަކެއް ނެރުމަށް މާލީ ވަޞީލަތްތަކުގެ މުހިންމުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
23 Sep 2024
ޚަބަރު
މިސަރުކާރު ވެރިކަމަށް އައިފަހުން 4000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި
އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބު މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައި ވަނީ، މިއަހަރުގެ ޖޫންމަހުގައެވެ.
23 Sep 2024
ޚަބަރު
ގެއްލުނު 32000ރ ގެ އަގުހުރި ފޯނެއް ފުލުހުން ހޯދައިދީފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭ ދީދީ ގޯޅި ތެރޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ޕޮކެޓްތެރޭގައި މީހަކަށް ހަނދާންނެތި ބޭއްވުނު ފޯނު ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ، މިމަހުގެ 21 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެރިޕޯޓާއި ގުޅިިގެން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، އެ ފޯނު ގެންދިޔަ މީހާ ހޯދައި، އެފޯނު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
22 Sep 2024
ޚަބަރު
ސްރީލަންކާގެ އައު ރައީސަށް ރައީސް ޑރ. މުއިއްޒު ތަޙްނިޔާ ވިދާޅުވެއްޖެ
އެމަނިކުފާނަށް މަރުޙަބާ އާއު ތަޙްނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސްރީލަންކާގެ އިންޚާބީ ރައީސްގެ ލީޑަރޝިޕްގެ ދަށުން ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ދާނޭ ކަމުގައި އުއްމީދުކުަރައްވާ ކަމަށެވެ.