Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

05 Dec 2023
ޚަބަރު
ނޫން

މެޑިކަލް ޗެކަޕާއި، ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިދެނީ

މެޑިކަލް ޗެކަޕާއި، ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ނިންމެވި ނިމުންތައް ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑޮކްޓަރުންގެ ރިކުއެސްޓާއި އެކު އާސަންދައިން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށާއި، އައިވީއެފް, އައިޔޫއައި އަދި ބޯންމެރޯން ހެދޭނެގޮތަށް އާސަންދައިގެ އުސޫލުތައް ބަދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުގައި، އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަލިމީހާ ބަދަލުކުރުމުގައި ބަލިމީހާގެ ބަލަދުވެރިންގެ އަތުން ކުރަންޖެހޭ ޚަރަދުތައްވެސް އާސަންދައިގެ ތެރޭން ހަމަޖެހޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފާޓިލިޓީ ކެއާއަށް ހާއްސަ ސެންޓަރެއް ޤާއިމް ކުރައްވައި،  އަދި އެކަމަށް ހާއްސަ 30 މިލިއަން ރުފިޔާގެ ފަންޑެއް ދައުލަތުގެ ބަޖެޓުގެ ތެރެއިން ޤާއިމް ކުރައްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ ބަލިޖެހުމުގެ ކުރިން ރައްޔިތުން ބަލިން ރައްކާތެރިކޮށްދެއްވުމަށް ކަމަށެވެ.

އާސަންދައިގެ ތެރެއިން މިކަންކަމަށް ޚަރަދު ކުރުމަށް ރައީސް ނިންމެވި އިރު، ކުރީ ސަރުކާރުގައި ޒަކާތުފަންޑުންނާއި އެންސްޕާއި ބޯންމެރޯގެ ޚަރަދުތައް ހަމަޖައްސައިދެމުންއައެވެ. އަދި ހަމައެގޮތަށް ސްޕެޝަލިސްޓް ޑޮކްޓަރުން ރިކުއެސްޓްކުރާ މެޑިކަލް ޗެކަޕްތަކަށްވެސް އާސަންދައާ އެންސްޕާއިން އެހީތައް ދެއްވަމުން އައެވެ.

އަލަށް މިގެނެވޭ ބަދަލާއި އެކު އަނެއްކާވެސް އާސަންދައަށް ދައުލަތުން ކުރާ ހޭދައިތުރުވެ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެގެން ދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.