Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

06 Dec 2023
ޚަބަރު
ނޫން

މަޤާމުން ވަކިކުރި މީހުންނަކީ އިދާރީ އޮޅުމަކުން އައްޔަނު ކުރެވުނު މީހުން: ރައީސް

ސްޓޭޓް މިނިސްޓަރުކަން ދިނުމަށްފަހު ދެތިން ދުވަސްތެރޭގައި މަޤާމުން ވަކިކުރި މީހުންނަކީ އިދާރީ އޮޅުމެއްގެ ސަބަބުން މަޤާމުތަކަށް ޢައްޔަނުކުރެވުނު މީހުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އަންގާރަދުވަހު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އައްޔަނުކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައެއް މީހުން މަޤާމުން ވަކިކުރެއްވީ، މަޤާމުތަކަށް ޢައްޔަނުކުރުމައި އިދާރީގޮތުން ބަލަންޖެހޭ ކަންކަން ނުބެލި ދިޔުމުން ކަމަށެވެ.

މިސަރުކާރުން މަޤާމުތަކަށް ޢައްޔަނުކުރި 3 މީހަކު ވަނީ ދެތިން ދުވަހުގެ ތެރޭގައި މަޤާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރަކަށް އައްޔަނުކުރި މުންއިމް އަނީސް އާއި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް އައްޔަނުކުރި ފަހުމީ ހަސަން އާއި، ޕީސީބީގެ މެމްބަރުކަމަށް ޢައްޔަނުކުރި ޙަސަން މުޣުނީއެވެ.

ސްޓޭޓް މިިނިސްޓަރަކަށް އައްޔަނުކުރި މުންއިމް މަޤާމުން ވަކިކުރީ އޭނާއަކީ ވާދަވެރި ކެންޑިޑޭޓަށް ކެމްޕޭނުކުރި މީހަކަށްވާތީ ކަމަށް މައުލޫމާތު ލިބިފައެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް އައްޔަނުކުރި ފަހުމީ ހަސަންއަކީ އޭނާ ސިވިލްސަރވިސސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުރި އިރު އެތަނުގެ މުވައްޒަފަަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި ދައުވާ ކުރެވުނު މީހެކެވެ. އޭނާ މަޤާމުން ވަކިކުރީވެސް އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުުވެފައި ވަނިކޮށެވެ.

މީގެ އިތުރުން ޕީބީސީއަށް އައްޔަނުކުރެއްވި ޙަސަން މުޣުނީ މެމްބަރުކަމުން ވަކިކުރެއްވީ، ޤާނޫނުގައި ބުނާ 7 މެމްބަރުން ހަމަވެފައި ވަނިކޮށް އޭނާ ޕީބީސީގެ ބޯޑަށް ޢައްޔަނުކުރެވެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.