Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

05 Dec 2023
ޚަބަރު

ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ބައްސާމް ޕާސްޕޯޓް ހިފަހައްޓާފަ މިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފަ ވަނިކޮށެވެ.

ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް އަމާޒުވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަށް ކަމަށާއި ހެކި ހޯދުމަށް ފަހު ދައުވާ ކުރާނެ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.

ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން، އެފްއޭއެމަށް ބޭރުގެ ބައެއް އިދާރާތަކުން ލިބޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން އޭގެ ސާފު ކިތާބީ ހެކި ބޭންކް ސްޓޭޓްމަންޓްތަކުން ފެންނަން އެބަހުރި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަށް ފުލުހުން ތަހުގީގު ފަށައި މިދިޔަ މަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށްވަނީ ވަދެފައެވެ. އަދި އެތަނަށް ވަދެ އެ އިދާރާގެ ގިނަ އަދަދެއްގެ ލިޔެކިޔުމާއި، ސާވާ ބެކަޕް އަދި ހާޑް ޑިސްކުތަކެއްވަނީ ގެންގޮސްފައެވެ.

  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.