Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގެ ތެރެއިން ---

06 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީނާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާކަށް ރައީސް ޑރ މުއިއްޒު ބޭނުންފުޅެއް ނުވި

ރައީސް ޔާމީނުގެ ފޮޓޯފުޅާއި އެމަނިކުފާނުގެ ސަޕޯޓަރުން ދެއްވި ތާއީދާއިއެކު ވެރިކަމަށް ވަޑައިގެންނެވި، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު ރައީސް ޔާމީނާއި ދެމެދު ގުޅުން ގޯސްވި މައްސަލައާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނުވާކަމުގައި ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫސްވެރިން، ރައީސް ޔާމީނާއި ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް ސާފު ޖަވާބެއް ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ޤައުމީ ވިސްނުމުގައި މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކާއި އަދި ބަޔަކާއިއެކުވެސް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ރައީސް ޔާމީނުގެ ސަޕޯޓަރުން ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުކުރީ، ރައީސް ޔާމީނު މިނިވަންކުރުމުގެ އުންމީދުގައި ކަމަށާއި، އަދި ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހުގައި، ރައީސް ޔާމީނަށް ޑރ. މުއިއްޒު ޖަވާބު ނުދެއްވަނީ ކިއްވެތޯ ނޫސްވެރިން ސުވާލު ކުރިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް އިރަކު އަދި މިއަދާ ހަމައަށް އައިއިރުވެސް އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫންކަމަށެވެ. އަދި މިހާތަނަށްވެސް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުން ނޫސްވެރިންނަށާއި، އެހެން ރައްޔިތުންނަށްވެސް މޭރުން ކުރެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސް ޔާމީން ސިފަކުރައްވަނީ ޤައުމަށްވުރެ އަމިއްލަފުޅު ކަންކަން އިސްކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެއްވެސް ސިޔާސީ ލީޑަރަކީ ގައުމު އިސް ނުކުރައްވާނެ ބޭފުޅެއް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް ނެތް އެއްވެސް މައްސަލައެއް އެއްވެސް ބޭފުޅަކާ އެކު މަސައްކަތް ކުރުމުގެ. އަޅުގަނޑު ބޭނުން ވަނީ އެކަތިގަނޑަކަށްވެގެން ރިވެތި އުސޫލުގައި ވާހަަކަ ދެކެވިގެން ކުރިއަށްދާ ބަޔަކަށް ވާން."

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު

ރައީސް ޑރ މުޢިއްޒު ވަނީ، ރައްޔިތުން ތިބީ ސަރުކާރާއި އަދި ޕީޕިއެމްއާ ޕީއެންސީއާއެކުގައި ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ވަކި ޕާޓީއެއް ހައްދަވައިގެން މަޖިލިސް އިންތިޚާބަށް ނުކުމެވަޑައިގެންނެވުމަކީ، އޮތް ގޮންޖެހުމެއް ކަމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައެއް ނުގަންނަވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.