Advertisement

ހުޅުމާލޭގައި އެންމެ ފަހުން ހުޅުވި ޞަލާޙުއްދީން ސްކޫލުގެ ދަރިވަރުން --

05 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ސްކޫލުތަކުގެ އެސެމްބްލީގައި ޤައުމީ ސަލާމް ޖަހާގޮތަށް އަލުން ހަމަޖައްސައިފި

މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓަރމްއިން ފެށިގެން ސަރުކާރުގެ ސްކޫލުތަކުގެ އެސެމްބްލީތަކުން އަަލުން ޤައުމީ ސަލާމްޖަހަން ފަށާގޮތަށް ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާނު ކުރެއްވީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރައްވައި އެކަމާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ކުންފުނި، މޯލްޑިވްގޭސްއިން އެކުންފުނީގެ މަސައްކަތްތައް ހެނދުނު ފަށާއިރު ޤައުމީ ސަލާމުން ފެށުމަށް ނިންމައި އެގޮތަށް އަމަލުކުރަން ފަށާފައިވާތީ، ސަރުކާރުގެ މިނިސްޓްރީތަކުންވެސް އެގޮތަށް އަމަލުކޮށްފާނެތޯ ދެންނެވުމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެކަމާއިގުޅޭ ގޮތުން މިހާތަނަށް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށެވެ.

ސްކޫލުތަކުގެ އެސެމްބްލީތަކުގައި 1990ގެ އަހަރުތަކުން ފެށިގެން ޤައުމީ ސަލާމް ޖަހަމުން އައެވެ. އެހެން ނަމަވެސް ރާއްޖޭގެ ދީނީ ހޭލުންތެރިކަމަށް އައި ބަދަލުތަކާއި، މިޔުޒިކް ހަރާމްކަމުގައި ކަނޑައަޅައި ބައެއް ދީނީ ޢިލްމްވެރިން ދެއްވަމުން ގެންދެވި ފަތުވާތަކާއި ގުޅިގެން ސްކޫލުތަކުގެ އެސެމްބްލީގައި، ސްކޫލް ލަވަޖެހުމާއި ޤައުމީ ސަލާމްޖެހުން އޮތީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ސަރުކާރު ސްކޫލުތަކުގައި މިހާރު އެސެމްބްލީތަކުގައި ސްކޫލު ލަވަ ނުޖަހާ ސްކޫލުތައްވެސް ގިނައެވެ.

އިސްލާމީ އުއްމަތުގެ ޢިލްމްވެރިން އިއްތިފާޤުވާ ގޮތުގައި މިޔުޒިކަކީ ހަރާމް އެއްޗެކެވެ. އެހެންނަމަވެސް ޅެމުގައި ދީނާއި ޚިލާފު އިބާރާތްތަކެއް ނެތްނަމަ، މިޔުޒިކާއި ނުލައި، މަދަހަ އަދި ލަވަކިޔުމަކީ ހުއްދަކަމެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ރާއްޖޭގެ ސްކޫލުތަކުގެ ހެނދުނު އެސެމްބްލީގައި ޤައުމީ ސަލާމް ޖަހަންފެށުން އަލުން ފެއްޓެވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވުމާއިއެކު އެކަމާއި ދެކޮޅަށް ބައެއް ދީނީ ޢިލްމުވެރިންނާއި، ލަވަޔާއި މިޔުޒިކާއި ދެކޮޅު ހަދާފަރާތްތަކުން ވަނީ ފާޑުކިޔަންފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.