Advertisement

ޖުމްހޫރީ ޕާޓީގެ ޅީޑަރު ޤާސިމް އިބްރާހީމާއި އެޕާޓިގެ ކުރީގެ ރައީސް ޢަލީ ވަހީދު ---

05 Dec 2023
ޚަބަރު
ނޫން

ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށް ޤާސިމް ގޮވާލައްވައިފި

އިޓްލޮސްގެ ނިންމުމާއި ގުޅިގެން ރާއްޖޭގެ ދެކުނު ސަރަހައްދުން ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ޤާސިމް އިބްރާހީމަކީ، އިޓްލޮސްގެ ނިންމުމާއި އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދިވެހި ސަރުކާރުން ދޫކޮށްލެއްވީ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޗާގޯސްގެ އަތޮޅުތަކާއި އައްޑޫ ސިޓީއާ ދެމެދުން ރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބަހަން ޖެހުނީ، ޗާގޯސްގެ ޖަޒީރާތަކުގެ ސިޔާދަތީ ބާރު ލިބިގެންވަނީ، މޮރިޝަސްއަށް ކަމުގައި އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއިން ކަނޑައެޅުމާއި ގުޅިގެން، ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅުމުންނެވެ.

ޤާސިމް އެކްސްގައި ލިޔުއްވި ޕޯސްޓުގައި، އިނގިރޭސި ދައުލަތުން ޗާގޮސް އެކިޕެލާގޯ، މޮރިޝަސް އާއި ހަވާލު ކުރުމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރިކަން އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ މި ދަނޑިވަޅުގައި، އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފެއްޓެވުމަށް ވަނީ އެދި ވަޑައިގެންފައެވެ.

އަދި ވެރިކަން ލިބިވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަން ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާކަންވެސް ޤާސިމް ވަނީ ފާހަގަ ކުރައްވާފައެވެ. ޤާސިމް އިތުރަށް ވިދާޅުވީ، އެ މައްސަލަ އަކީ އެމަނިކުފާނުވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި ހައްލުހޯދުމުގެ ޢަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ޤައުމީ މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި އިނގިރޭސި ދައުލަތުން ފަހުން ނިންމާފައި މިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަންކުރަމުންއައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުޞަތު ބޮޑުވެފައި ވާތީ، އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވައި ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވައި ކަނޑުގެ ސަރަހައްދު އަނބުރައި ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުޢިއްޒު މަސައްކަތް ކުރައްވާނޭ ކަމަށް ޔަޤީން ކުރައްވާކަމުގައިވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެމަސައްކަތުގައި ޤާސިމް އިބްރާހީމާއި އަދި އެމަނިކުފާނުގެ ޕާޓީ ޖުމްހޫރީ ޕާޓީން ސަރުކާރަށް ފުރިހަމައަށް އެެއްބާރުލުން ދޭނެ ކަމުގައިވެސް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.