Advertisement

ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

06 Dec 2023
ޚަބަރު

ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖްގެ ރިޔާސަތު ރާއްޖެއަށް

ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ކޭންސީސީ) ގެ ރިއާސަތާއި ދިވެހިރާއްޖެއިން ޙަވާލުވެއްޖެއެވެ.

ކޭންސީސީގެ ރިއާސަތާއި ރާއްޖެއިން ހަވާލުވެފައިވަނީ އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ހިނގަމުންދާ އ.ދ. ގެ މޫސުމަށް އަންނަބަދަލުތަކާބެހޭ މުޢާހަދާގެ 28 ވަނަ ބައްދަލުވުން ނުވަތަ ކޮޕް28 ގެ ހަވާސާގެ ތެރެއިން 05 ޑިސެމްބަރ ގައި ބޭއްވި ކޭންސީސީ ގެ ބައްދަލުވުމުގައެވެ. ރާއްޖޭގެ ފަރާތުން ރިޔާސަތާއި ޙަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމެވެ.

ކޭންސީސީގެ ރިޔާސަތާއި ޙަވާލުވެވަޑައިގެން މިނިސްޓަރ ޠާރިޤު ދެއްކެވި ވާހަކަފުޅުގައި، އަތޮޅު ޤައުމުތައް ޖިއޮގްރަފީގެ ގޮތުންނާއި އުފެދިފައިވާ ގޮތުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކަށާއި ވަކިން ޚާއްސަކޮށް އެފަދަ ޤައުމުތަކަށް ދިމާވެފައިވާ ނާޒުކު ތިމާވެށީގެ މަސްއަލަތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށާއި، އަދި މިކަމުގެ ސަބަބުން ލިބޭ އިއާދަ ނުކުރެވޭ ގެއްލުންތައް ފޫބެއްދުމަށް އެޅިދާނެ ފިޔަވަޅުތަކާއި، މި މަސައްކަތަށް ކުރެވިފައިވާ ރަނގަޅު ތަޖްރިބާތައް ޙިއްސާ ކުރުމުގެ މުހިންމުކަމާއި  ގުޅޭގޮތުން ވާހަކަފުޅު ދައްކަވާ، އަތޮޅު ޤައުމުތައް ގުޅިގެން އެއްބައިވަންތަކާމާއެކު މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައިވެއެވެ.

ކޭންސީސީ އަކީ އަތޮޅުތަކުގެ މައްޗަށް އެކުލެވޭ 5 ޤައުމުކަމުގައިވާ ދިވެހިރާއްޖެ، މާޝަލް އައިލެންޑްސް، ކިރިބާސް، ޓުވާލޫ އަދި ޓޮކެލާއޫ  ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ. މި ޖަމާޢަތުގެ މައިގަނޑު މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނައެއްގޮތް ކަންކަން އެކުލެވޭ، ކުދި އަދި ބިންތިރި ޖަޒީރާ އަތޮޅު ތަކުގެ މައްޗަށް އެކުލެވޭ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކޮށް މިފަދަ ޤައުމުތަކުގެ ޚާއްސަ ނާޒުކުކަމާއި ގުޅޭގޮތުން ވަކާލާތު ކުރުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.