Advertisement

ޅ. ނައިފަރުގައި ސަރުކާރުން އެޅި ފްލެޓްތައް --

05 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އަތޮޅުތަކުގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކުގެ އަގުތައް ކުޑަކޮށްފި

ކުރީގެ ސަރުކާރުތަކުން އަތޮޅުތަކުގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަަކުގެ އަގުތައް ސަރުކާރުން ކުޑަކޮށްފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ހައުސިން ވައުދުތައް ފުރިހަމަ ކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށައެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައި، އަތޮޅުތަކުގައި މިހާރު އަގުބޮޑުކޮށް ދީފައި ހުރި ހައުސިންގ ޔުނިޓްތައް 3330ރއަށް ކުޑަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުތަކުގައި ދޫކޮށްފައި ހުރި ހައުސިން ޔުނިޓްތަކުގެ ތެރޭގައި 5000 ވުރެ ބޮޑުކޮށް މަހުކުލި ދައްކަންޖެހޭ ތަންތަން ހުރި ކަމަށެވެ. އެހެން ކަމުން އަލަށް ސަރުކާރުން މިގެނައި ބަދަލާއިއެކު، މިހާރު 3330ރ އަށް ވުރެ ބޮޑު ކުއްޔެއް ދައްކަންޖެހޭ ހުރިހާ ތަންތަނެއްގެ ކުލިވެސް 3330ރއަށް ކުޑަވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މިހާރުވެސް އަތޮޅުތަކުގައި ގާތްގަނޑަކަށް 2500ރ މަހުކުލި ދައްކާ ގޮތަށް ދޫކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުންނާނެ ކަމަށެވެ. އެތަންތަނުގެ ކުލި ބޮޑު ނުވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އަތޮޅުތަކުގައި އަޅާފައި ހުރި ހައުސިންގ ޔުނިޓްތަކުގެ ކުލި ބޮޑުވުމަކީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި، ޑރ. މުއިއްޒަށް ރައްޔިތުންގެ ފަރާތުން ހުށައަޅާފައިވާ ޝަކުވާއެކެވެ.

ހިޔާ ފްލެޓާއި އަތޮޅުތަކުގައި އަޅާފައި ހުރި ހައުސިންގ ޔުނިޓްތަކުގެ އަގު ކުޑަކުރެއްވުމުގެ އިތުރުން، ސޯޝަލް ހައުސިންގެ ފުލެޓްތަކާއި ހައުސިން ޔުނިޓްތަކުގެ ކުލި ނުދެއްކިގެން ވެފައިވާ ހުރިހާ ޖޫރިމަނާއެއް މައާފްކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.