Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ---

10 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ނިންމަވައިފި

ޒަކާތުގެ ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިީހުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާއި ގުޅޭ މައުލޫމާތު މީޑިއާތަކަށް ޙިއްޞާ ކުރައްވަމުން، ންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވީ، ޒަކާތުގެ ހައުސްގެ ގޮތުގައި ވަކި އިދާރާއެއް އުފެއްދެވުމުގެ ބޭނުމަކީ ޒަކާތުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރެއްވުމެވެ. 

ފިރުޒުލް ވިދާޅުވީ، ޒަކާތުގެ ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމުގެ ބޭނުމަކީ ޒަކާތް ލިބޭ މިންވަރު އަދަދު އިތުރު ކުރެއްވުމާއި ޒަކާތް ހައްޤުވާ މީހުންނަކީ، ޒަކާތް ދައްކާ މީހުންނަށް ވުމަށް އެފަރާތްތަކުގެ ތަނަވަސްކަން އިތުރު ކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.

ޒަކާތާއި ބެހޭ ކަންކަން މިހާތަނަށް ހިންގަމުން އައިސްފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ވަކި ޑިޕާޓްމެންޓެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޒަކާތު ހައުސް އުފެއްދެވުމުން އެމަސައްކަތް ބަދަލުވެގެން ދާނީ އެ އިދާރާއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.