Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ---

10 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ތެލަސީމީއަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމައިފި

ތެލަސީމިއާ ބަލީގެ ކުދިންނަށް ބޭނުންވާ ފަރުވާތަކަށާއި ޓެސްޓްކުރުމަށްދޭ އާސަންދަ ކަވަރޭޖް ބޮޑުކޮށް، ތެލަސީމިއާ ބައްޔާއި އެބައްޔާއި ގުޅޭ ފަރުވާތަކަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމް ކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. ވަޒީރުންގެ މަޖިލީހުގެ ލަަފަޔާއި އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލަސީމިއާގެ ފަރުވާތަކަށް އާސަންދަ ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވައި، ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިދައުރުގެ ތެރޭގައި 5 ކުއްޖަކަށް ފުރުޞަތު ދެއްވުމަށް ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވީ، ތެލަސީމިއާއަށް ޚާއްޞަ ހޮސްޕިޓަލް އެޅުމަށް ނިންމާފައި ވަނީ މާލެ ސަރަހައްދުގައި ކަމަށާއި އެކަމަށް 25 މިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖެއްސުމަށްވެސް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ތެލަސީމިއާ ބައްޔާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ނިންމި މުހިއްމު ނިންމުންތަކުގެ ތެރޭގައި ހިމެނެނީ،

- ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު އެސް.ޓީ.އޯ. މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ހަމަޖެއްސުން.

- "ޓީ 2 ސްޓާރ ޓެސްޓް"ސަރުކާރުގެ ހޮސްޕިޓަލެއްގައި ހެދޭނެ ވަޞީލަތްތައް ޤާއިމް ކުރުން

- ތެލަސީމިއާ ވާރުތަ ކުރާ ގޮތް ހުރިތޯ ހަދަންޖެހޭ ޑީއެންއޭ ޓެސްޓް އާސަންދައިން  ހެދޭގޮތަށް ހަމަޖެއްސުން.

- ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.

- ތެލަސީމިއާއަށް ޓެސްޓްކޮށް، ސްކްރީންކުރުން އިތުރަށް ހަރުދަނާކުރުން.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައިވެސް ތެލަސީމިއާ ބަލީގެ ކުދިންނާއި މީހުން ގިނަ ޤައުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.