Advertisement

އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ---

11 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މިވަގުތަށް ބަަލާއިރު ރައްޔިތުންގެ ފައިސާ އިސްރާފް ކުރުން: އާޒިމް

ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މިވަގުތަށް ބަަލާއިރު ރައްޔިތުންގެ ފައިސާ އިސްރާފް ކުރުން ކަމުގައި، އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ރަސްމީ ކެމްޕޭން ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢަކީ، މިވަގުތަށް ބަލާއިރު، ރައްޔިތުންގެ ފައިސާއިން ކުރެވޭނެ އިސްރާފަކަށް ވެގެން ދާނެ ކަމަށެވެ. އަދި އެކަމަށް ވުރެ، މާލެއާ އެއަށްވުރެ ކައިރިން ހިއްކާފައިވާ ބިންތައް އާބާދުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން މާ ރަނގަޅުކަން އާޒިމްގެ ވާހަކަގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މާލެ ކައިރީގައި ހުރި އެހެން ބިންތައް ތަރައްޤީ ނުކޮށް އަނެއްކާ އަލުން އާބިމެއް ހިއްކައިގެން ތަރައްޤީކުރާ ނަމަ އެކަން ވާނީ ރައްޔިތުންގެ ފައިސާއިން ކުރެވޭ ބޮޑު އިސްރާފަކަށް ކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދޭ ޔަގީންކަމަކީ،  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހުރިހާ ބިންތައް އެ ހުރި ތާކުން ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުންވެސް މާލެ ސިޓީގެ ތަރައްޤީއަށްޓަކައި އާޒިމް ވަނީ މުހިއްމު ގިނަ ވަޢުދުތަކެއް ވެވަޑަިއގެންފައެވެ. އާޒިމްއަކީ، މާލޭ ސިޓީގެ މާޔަރުކަމަށް ވާދަކުރައްވާ އެންމެ ޤާބިލް އަދި އެންމެ މަޤުބޫލު ކެންޑިޑޭޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.