Advertisement

ރައީސް ޔާމީން އެމަނިކުފާނު އިސްވެ ހުންނަވައި އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފަށް ސޮއެކުރައްވުން --- ފޮޓޯ: މަލީޙް

11 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއެކުރައްވައިފި

މިހާރުގެ ސަރުކާރުން ގެނައުމުގައި މެދުވެރިއަކަށްވި، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް، އެމަނިކުފާނު އިސްވެ ހުންނަވައި އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީއެންއެފްއަށް ސޮއިކުރައްވައިފިއެވެ.

އެމަނިކުފާނު ޕީއެންއެފްއަށް ސޮއެކުރައްވާފައި ވަނީ، ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތު ބާއްވާފައި ވަނީ، ޕީއެންއެފްގެ ރަސްމީ އޮފީސް ޤާއިމްކޮށްފައިވާ، ހެންވޭރު ހުރަފައިގައެވެ.

ރައީސް ޔާމީން ޕާޓީގެ އައުޕާޓީ ހެދުމުގު ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައި ވަނީ އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިފުޅު ޒެއިންއަށެވެ.

ރައީސް ޔާމީންގެ އައު ސިޔާސީ ޕާޓީ އުފެއްދެވުމުގައި ޢަމަލީ ގޮތުން އެންމެ އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ، މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ އެއްގޮތަކަށް ވެސް ދޫދެއްވާ ގޮތަކަށް ނޫންކަމަށާއި އެމަނިކުފާނު ހުންނެވީ، ރައްޔިތުންގެ ހައްގުގައި، ދިވެހި ގައުމުގެ ހައްގުގައި، އިސްލާމް ދީނުގެ ހައްގުގައި ސާބިތުކަމާއެކު ދިވެހި ރައްތިރުންނާ އެކު ކުރިއަށް ވަޑައިގަތުމުގެ ފުރިހަމަ އަޒުމާއި ހިތްވަރުގައި ކަމަށް މަލީޙް ވިދާޅުވިއެވެ.

މަލީޙް ވިދާޅުވީ، ޕީޕީއެމް ޕީއެންސީގައި ހުންނަވައި، އެ މަނިކުފާނުގެ ޕާޓީން ވަކާލާތު ކުރި މުހިންމު ކަންތައްތައް މަތިން މި ސަރުކާރު ވަރަށް ބޮޑަށް ހަނދާން ނެތިފައިވާ މަންޒަރު މިހާރު ދަނީ ފެންނަމުން ކަމަށެވެ.

ޑރ. މުޙައްމަދު މުއިއްޒަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްކަން ދިނީ، ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނެ ހުރިހާ މަގެއް ބަންދުވެގެން ދިޔުމުންނެވެ. އަދި ރައީސް ޔާމީނުގެ ފޮޓޯފުޅު ދައްކައި، އަދި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތާއީދާއި އެކު ވެރިކަމަށް ވަޑައިގެންނެވުމާއިއެކު މަޤާމުގެ ހުވާ ކުރެއްވުމުގެވެސް ކުރީ، މިސަރުކާރުގެ އިސްވެރިން ވަނީ ރައީސް ޔާމީނާއި ގުޅުން ކަނޑާލައްވާފައެވެ.

ރައީސް ޔާމީން، އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފްއަށް ސޮއެކުރައްވާފައި މިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ޤާނޫނަށް ގެނައި ބަދަލުތަކުގެ ތެރެއިން، ހުކުމެއް ތަންފީޒް ކުރަމުންދާ ފަރާތަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވެވޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސްފައި ވަނިކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.