Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

11 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އެންދިރުވުމާއި ގުޅޭ ޕްރޮގްރާމެއް ފަށާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އެންދިރުވުމާއި ގުޅޭ ޕްރޮގްރާމެއް ކުރިޔަށްގެންދަން ފަށާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެން ދިރުވައި، ގިނަ ވަގުތު ވަތުގައި ބެހެއްޓޭނެ ގޮތް ހެދުމާއި، އެން އިސްރާފު ކުރެވޭ މިންވަރު މަދުކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް މިހާރު ވަނީ ފަށާފައި ކަމަށެވެ. އޭގެތެރޭގައި، ބޭރުގެ ހިލޭ އެހީގެ ދަށުން އައްޑުއަތޮޅުގެ ދޯންޏެއްގައި އެންވަތް ބަދަލުކޮށް، ގިނަ ވަގުތު އެން ބެހެއްޓޭތޯ ބެލުމުގެ ދިރާސާ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދުފަހަރަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އޭރުން އިރާދަކުރެއްވިއްޔާ، ޒަމާނުއްސުރެ ދިވެހި މަސްވެރިން ތަޙައްމަލް ކުރަމުން އައި، އެން މުޅަވުމުގެ މައްސަލައަށް ނިމުމެއް ގެނެވުނީ." 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޒަމާނަށް ބަލާއިރު، އެންވެރިކަމުގެ މަސައްކަތަކީވެސް ވަރަށް ބޮޑަށް ތަރައްޤީކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ، އެންވެރިކަމުގެ މަސައްކަތާއި، ޒަމާނީ ފަންނިއްޔާތު ނުވަތަ ޓެކްނޯލޮޖީއާ ގުޅުވާލައިގެން ޢިލްމީ އަސާސެއްގެ މައްޗަށް ދިވެހި އެންވެރިކަން އާލާކުރުމުގެ މަސައްކަތް ބިނާކުރަންކަމަށެވެ.

ރާއްޖޭގައި ކުރެވޭ ދޮށީގެ މަސްވެރިކަމަކީ، އެންވެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ މަސްވެރިކަމެކެވެ. އެންވެރިކަން ނެތެމުން ދިޔުމުގެ ސަބަބުތަކުގެ ތެރޭގައި، އުމުރާނީ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކުގެ ސަބަބުން ބިންހިއްކުމާއި ފަޅުފުންކުރުން ފަދަ މަޝްރޫޢުތަކުގެ ސަބަބުން ފަރުފަރާއި ހާހަަލަށް އަދި ގިރިތަކަށް ލިބޭ އިއާދަ ނުކުރެވޭ ގެއްލުންތައް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.