Advertisement

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން --

10 Dec 2023
ޚަބަރު

ދިރޭރަހަ އެކުލެވޭ އުފެއްދުންތައް މަދުކުރުމާއި ގުޅޭ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފި

"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ"ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާއަރުއްވައިފިއެވެ.

"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ"އަކީ، ދިރޭރަހަ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެށި ރައްކާތެރިކުރުމުގެ މަޤްޞަދުގައި އދ ގެ ތިމާވެށްޓާބެހޭ ޕްރޮގްރާމް، ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ. މިހާތަނަށް 147 ޤައުމަކުން ބައިވެރިވެ ވަނީ ޢަމަލުކުރަން ފަށާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މިލަފައާއި ގުޅިގެން މި މުޢާހަދާގައި ރާއްޖެއިން ބައިވެރިވުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މި މުޢާހަދާ ތަންފީޒުކުރާއިރު، މުޢާހަދާގެ ދަށުން ޢަމަލުކުރުން ލާޒިމުކުރާ ކަންކަމުގެ ތެރޭގައި ދިރޭރަހަ ހިމެނޭ އާލާތްތައް ދެނެގަނެ އެތަކެތި ބޭނުންކުރުން މުޅިން ހުއްޓާލުމާއި އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ޢާލާތްތައް ފާހަގަކޮށް، އެތަކެތި ނައްތާލުމުގައި ތިމާވެށްޓަށާއި އިންސާނުންގެ ޞިއްޙަތަށް ރައްކާތެރި މިންގަނޑުތަކަށް އަމަލުކުރުމަށް ބާރުއެޅުން ހިމެނެއެވެ. އަދި އެފަދަ ކަންކަން ތަންފީޒުކުރުމަށް މި މުޢާހަދާގެ ދަށުން މާލީ އެހީ ލިބޭނެއެވެ. މީގެ އިތުރުން މި މުޢާހަދާ ތަންފީޒުކުރުން ވެގެންދާނީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ދިރޭރަހައިގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ކަމުގައިވެސް ވަޒީރުންގެ މަޖިލީހުގެ މިއަދު ބައްދަލުވުމުގައި ވަޒީރުން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.