Advertisement

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް --

11 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީ ސަރުކާރުގައި ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް ސިޓީކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ދެކޮޅު ހެއްދެވީ މޭޔަރު: ޢަލީ ނިޔާޒް

އެމްޑީޕީ ސަރުކާރުގައި ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް ސިޓީކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ހުށައެޅި ގޮތާއި ދެކޮޅު ހެއްދެވީ، އޭރުގެ މާލޭ ސިޓީގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު، ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ޢަލީ ނިޔާޒް މިހެން ވިދާޅުވީ، ‏މާލޭ ސިޓީ މޭޔަރ އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެމްޑީޕިގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން ފެހި ތަނަވަސް މާލެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޢަލީ ނިޔާޒްގެ ވާހަކަފުޅުގައި ވިދާޅުވީ، ހުޅުމާލޭގެ މުނިސްޕަލް ޚިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ސަރުކާރުން ބޭނުންވި ކަމަށެވެ. އަދި އެކަމުގައި އެއްބަސްވުންތައްވެސް ބަދަލުކުރެވުނު ކަމަށާއި، އަދި ކަންކަމުގައި މަސައްކަތް ކުރާނެ މޮޑެލްތަކުގެ ވާހަކަވެސް ދެކެވުނު ކަމުގައި ޢަލީ ނިޔާޒް ވިދާޅުވިއެވެ. 

"އޭރު ސިޓީކައުންސިލްގެ މޭޔަރުގެ ގޮތުގައި ހުންނެވި ޑރ. މުޢިއްޒު އެކަމާއި އެއްބަސްވެވަޑައިނުގަތީ. އެހެންނަމަވެސް މިއަދު އުފާކުރަން އަޅުގަނޑު، އަނެއްކާ ޑރ މުޢިއްޒު އިސްވެ އަނެއްކާ ޑރ މުޢިއްޒު ނިސްބަތްވާ ކައުންސިލަކުން އެމަސައްކަތް ކުރައްވައިގެން، އެކަމަށް ހައްލު ހޯއްދަވަން އުޅޭތީ. އެއީ އެކަން އޮންނަންވާނެ ގޮތް ކަމަށް އަޅުގަނޑު އަބަދުވެސް ޤަބޫލު ކުރަން."

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް --

ޢަލީ ނިޔާޒް ވިދާޅުވީ، މިހާރުގެ ސަރުކާރުންވެސް ހުޅުމާލޭގެ މުނިސްޕަލް ޚިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަަލު ކުރުމަށް މަސައްކަތް ކުރަމުން ދަނީ، ކުރިން އެބޭފުޅުން އެކަމަށް ދެކޮޅު ހެއްދެވި އަދިި އެމްޑީޕީ ސަރުކާރުން އެކަން ކުރުމަށް ހުށައެޅި ގޮތަށް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޢަލީ ނިޔާޒު ވިދާޅު އެކަމަށް އެމްޑީޕީ ސަރުކާރުން ހުށައެޅި ހައްލު ނޫން ހައްލެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

މިގޮތުން ހުޅުމާލޭގެ ކަންކަން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި މާލީ ބުރަތަކެއް އޮތްކަން ޢަލީ ނިޔާޒް ފާހަގަކުރެއްވިއެވެ. އެގޮތުން އާބަންކޯއިން ހުޅުމާލޭގެ ބިންތައް ރަހުނުކޮށް ބޮޑެތިއަދަދުތަކުން ލޯނު ނަގާފައި އޮތުމާއި، މިހާރު މުނިސިޕަލް މަސައްކަތްތައް ކުރާ އާބަންކޯގެ މުވައްޒަފުން ކައުންސިލްގެ ދަށަށް ބަދަލުވެގެން ދާއިރު، މުސާރަތައް ކުޑަވެގެން ދިޔުމުގެ މަސައްލަވެސް ޢަލީ ނިޔާޒް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގެ މުނިސިޕަލްކަންކަން މާލެ ސިޓީގެ ދަށަށް ބަދަލުކުރުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަޢުދުވެވަޑައިގެންފައިވާ ކަމެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.