Advertisement

އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު --- ފޮޓޯ: އާބަންކޯ

08 Dec 2023
ޚަބަރު

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ސުވާލާއި ޚިޔާލާއި ޝަކުވާ ސީދާކޮށް އާބަންކޯގެ އެމްޑީއަށް ހުށައެޅޭނެ މަގުފަހިކޮށްފި

ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮވެ ގިނަ ހިދުމަތްތަކެއް އާއްމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންގެންދާ އަރބަންކޯ އާއި ގުޅޭ ގޮތުން އާއްމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދީ، ހާމަކަން ބޮޑު ގޮތެއްގައި ހިދުމަތްތައް ދިނުމުގެ ގޮތުން، އާސްކް އެމްޑީ މެދުވެރިކޮށް ސުވާލާއި ހިޔާލު އަދި ޝަކުވާ ސީދާ މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުމަށް އާމުކޮށް ފުރުޞަތު ހުޅުވާލާފައިވާ ކަމުގައި، އާބަންކޯއިން ބުނެފިއެވެ.

އެކުންފުނިން ބުނީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދަށް ސީދާ ސުވާލާއި ހިޔާލު އަދި ޝަކުވާ ފޮނުވޭނެ ގޮތް ހެދުމަށް އެކަމަށް ހާއްސަ އީމެއިލް އެޑްރެސެއް މިހާރު ވަނީ ހަމަޖައްސާފައެވެ. މިގޮތުން، [email protected]  އަށް ކުރައްވާ މެއިލްތަކަށް ސީދާ އެމް.ޑީ ޖަވާބުދާރީވެ މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަޤީންކަން އެމް.ޑީ ވަނީ އަރުވާފައެވެ.

މިހާރުވެސް ރައްޔިތުންނާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ އަރބަންކޯގެ ހިންގުމަށް ބަދަލުތައް ގެނެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް އެ ކޯޕަރޭޝަންގެ މެނޭޖްމަންޓުން މިހާރު އަންނަނީ މަސައްކަތް ކުރަމުންކަމުގައިވެސް އާބަންކޯއިން ފާހަގަކޮށްފައިވެއެވެ.

ހުޅުމާލެ ބަލަހައްޓަމުން އަންނަނީ އާބަންކޯއިން ނަމަވެސް، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް އާބަންކޯގެ ދަށުން ވަކިކޮށް، މާލޭ ސިޓީކައުންސިލްގެ ދަށަށް ބަދަލުކުރާނެ ކަމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ކެމްޕޭނުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.