Advertisement

އަމީނީ މަގު ހެދުމުގެ މަސައްކަތް --

09 Dec 2023
ޚަބަރު

އަމީނީ މަގުގެ އެންމެ ފަހުގެ ދެ ސެގްމެންޓްގެ މަސައްކަތް ފަށައިފި

ތާރުއަޅައިގެން ޒަމާނީ ފެންވަރަށް އަމީނި މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ނުނިމި އޮތް ދެ ސެގްމެންޓްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ފަށައިފިއެވެ.

އަމީނީ މަގުގެ 12 އަދި 13 ވަނަ ސެގްމެޓްޓަކީ، ހައުސިންގ މިނިސްޓްރީ ކުރިމަތިން ހުޅަނގަށް ގޮސް ބޮޑުތަކުރުފާނު މަގާއި ހަމަށް އެ މަގު ނިމޭ ހިސާބެވެ. އެމަގު ހެދުމުގެ މަސައްކަތް ފަށައި މިއަދު ހެނދުނު ވަނީ، މަގުގައި ކުރިން އަޅާފައިވާ ގާތައް ނެގުމުގެ މަސައްކަތް ފަށާފައެވެ.

މިއަދު ހަދަންފެށި އަމީނީ މަގުގެ ފަހު ދެ ސެގްމެންޓް ހިމެނޭ ސަރަހައްދަކީ، މާލޭގެ ޕަބްލިކް ޓްރާންސް ޕޯޓުގެ މައި ރޫޓަކަށް ވާތީ، މަގު ހެދުމުގެ މަސައްކަތަށް އެސަރަހައްދު ބަންދު ކުރުމާއި އެކު، ބަސް ދަތުރު ކުރާ ރޫޓަށް ވަނީ ބަދަލު ގެނެސްފައެވެ.

އަމީނީ މަގަކީ މީގެކުރިން އަޑިގުޑަންތަކާއި ހެދި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިވެފައިވާ މަގެކެވެ. ނަމަވެސް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ސަބަބުން މަގު ބޭނުންކުރާމީހުންނަށް ވަނީ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންގޮސްފައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.