Advertisement

ފޮޓޯ: މިފްކޯ

09 Dec 2023
ޚަބަރު

މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް ދައްކާލުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިކަމުގެ ސިނާއަތާއިގުޅުން ހުރި މައުލޫމާތު ހިއްސާކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރު ބާއްވާފައިވަނީ އިއްޔެ ހުޅުމާލެ، ސެންޓްރަލް ޕާރކްގައެވެ.

މި ހަވީރުގައި ޝަޢުގުވެރި ގިނަ ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިވެންޓަށް ވަންނަ މަގު ޚާއްސަކޮށްފައިވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ ވޯކްވޭއެއް ގޮތަށެވެ.

މީގެ އިތުރުން މަސްވެރިކަމާއި ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް މިހަވީރުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެތެރޭގައި މަސްކެނޑުމުގެ ހުނަރު ދައްކާލުމާއި ކަނޑުމަހުގެ ބާވަތްތަކުން ތަފާތު ދިވެހި ކާތަކެތި ތައްޔާރުކުރުމުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން މަހުގެ ތަފާތު އުފެއްދުންތައް ދައްކާލާފައިވެއެވެ.

މިހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރާތްތަކާއި "ފަސްމީރު ޔަންގް ޝެފް" ނަމުގައި މުބާރާތެއް ބާއްވާ މިމުބާރާތްތަކުން ހޮވުނު ކުދިންނަށްވަނީ އިނާމްދީފައެވެ.  

މަސްވެރިކަމާއި ގުޅޭ ހަރަކާތްތަކުގެ އިތުރުން، އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ކުޅިވަރުތައްވެސް މިހަވީރުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ގޭމްތައްވެސް ހުރިކަން ފާހަގަކޮށްލެވެއެވެ.

މިހަވީރަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުން ވަޑައިގެންނެވިއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.