Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

09 Dec 2023
ޚަބަރު

އަސާސީ އެއްވެސް މުދަލެއް ރާއްޖެ އެތެރެކުރުމުގައި ހުރަހެއް ނެތް: ވަޒީރު

ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތެއްގެ މުދާ އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު މިހެން ވިދާޅުވީ އަވައްޓެރި އިންޑިއާއިން ފިޔާ ބޭރުކުރުމުގެ ސިޔާސަތަށްގެނައި ބަދަލާއެކު ވަގުތީ ގޮތުން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމަށް ނިންމުމާއި ގުޅިގެންނެވެ.

އިންޑިއާއިން މި ނިންމުން ނިންމާފައިވަނީ އެޤައުމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދަށުގޭގެ އިންތިޚާބާއި ދިމާކޮށް ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަޑުޖައްސާލަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗްމަހާއި ހަމައަށްކަމަށްވެސް އެޤައުމުގެ މީޑިއާއިންވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމަކީ އިންޑިއާއެވެ. މިކަމާއި ގުޅިގެން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް އަދި ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާކަމެއްކަމަށާއި އެކަން އެގޮތުގައި ހިނގިނަމަވެސް ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުން އަބަދުވެސް ރާއްޖެއަށް އިސްކަންދޭނެކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.  

"ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން އޮފީހާ ރަސްމީކޮށް ހަވާލުމަށް ފަހު ވެސް ބައްލަވަމުން އައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ގާއިމްކުރުން. އިންޝާ ﷲ އެކަން ކާމިޔާބުކުރާނީ ދެމެހެއްޓެނި ވަށާޖެހޭ ހައްލަކާ އެކު،" ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.